logo

ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިއްޖެ

profile

އަހުމަދު ޒަލީފު - 22 ޖުލައި 2023 - 12:06

އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބު

އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބު

ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެދިއްޖެއެވެ.

" ބޭސްފަރުވާ ކުރަން ދީފައިވާ މުއްދަތުގައި ފަރުވާގެ ކަންކަން ނުނިމިއްޖެ އާ ލިޔެކިޔުންތައް ހުށަހަޅައި މުއްދަތު އިތުރުކޮށްދިނުމަށް ކޮންމެ ގައިދީއަކަށް ވެސް އެދެވޭނެ. އެކަން ބަލައި ގޮތެއް ނިންމުގެ މަސައްކަތް މި ދަނީ ކުރަމުން." އޮފިޝަލު ވިދާޅުވިއެވެ.

އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.

އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނި ގޮތުގައި އަދީބަށް ޖެހިފައި ވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ. އަދި މި ބަލި ފެނުނު ކަމަށް ބެލެވެނީ 2015 އިން ފެށިގެން 2018 ގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ކަމަށް ބުނެފައިވެއެވެ.

ބޭސްފަރުވާ އަށް އަދީބު ފުރުމުގެ ހުއްދަ ދީފައިވާއިރު، އަދީބަށް ވަނީ އައިޖީއެމްއެޗްގެ އެމެޖެންސީގައި ފަރުވާދީފައެވެ.

އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.

https://int.etukuri.mv/
tel:+9607331319