logo

މާލެ ސިޓީގެ ތިން ކައުންސިލަރަކު ޕީއެންސީ އަށް

profile

އަހުމަދު ޒަލީފު - 25 ޖެނުއަރީ 2024 - 23:35

---

---

މާލޭ ސިޓީ ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިއްޖެ އެވެ.

ޕީއެންސީއާ މިއަދު ގުޅިވަޑައިގެންނެވީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު އާއި މާފަންނު ހުޅަނގު އުތުރުގެ ކައުންސިލަރު މުހައްމަދު އަރީޝް އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ އެވެ.

މި ތިން ކައުންސިލަރުން ޕީއެންސީއާ ގުޅުނު ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ އިތުރު ކައުންސިލަރުންތަކެއް ވެސް ދާދިފަހުން ވަނީ ޕީއެންސީއާ ގުޅިފަ އެވެ.

https://int.etukuri.mv/
tel:+9607331319