logo

ޑްރަގް ބޭނުންކުރާ މީހުން ބޭނުންކުރި ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފަށައިފި

profile

އާމިނަތު ޝަފާ - 17 އޯގަސްޓު 2024 - 19:16

ރަބީއުވިލާ / ފޮޓޯ: ނަޖާހު: އަސްލު ޓީވީ

ރަބީއުވިލާ / ފޮޓޯ: ނަޖާހު: އަސްލު ޓީވީ

ފަޅަށް ހުންނަ މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސިތީ ކައުންސިލުްނ ފަށައިފިއެވެ.

ރަބީއުވިލާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ.

އަސްލު ޓީވީއަށް މައުލޫމާތު ލިބޭގޮތުގައި އިޖުތިމާއީ އެކި މައްސަލަތަކަށް މަގުފަހިވާތީ ގެ ތަޅާލުމުގެ މަސައްކަތްފެށީ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށެވެ. ފަޅަށް ހުންނަ އިމާރާތްތައް އަވަހަށް ތަޅާލައި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ދޭންޖެހޭ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސްވަނީ މިދިޔަ ހަފްތާގައި ކައުންސިލާ ބައްދަލުކުރައްވައި ދެއްވާފައެވެ.

މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވެސް މީގެ ކުރިންވަނީ ވިދާޅުވެފައެވެ. ވަޒީރު މިފަދައިން ވިދާޅުވީ މި އިމާރާތުގައި މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެންނެވެ. އަލިފާން ރޯވީ 5 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އިމާރާތުގެ 4 ވަނަ ފަންގިފިލާގައެވެ.

ދާދިފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހަކުވެސް އެ އިމާރާތުގައި މަރުވެފައިވަނިކޮށްވަނީ ފެނިފައެވެ. އޭނާ މަރުވެފައިވަނީ ޑްރަގް އޯވަޑޯޒް ވެގެންކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދީފައިވެއެވެ.

މ. ރަބީއުވިލާއިތުރުން އިތުރު 10 ގެއެއް ތަޅާލަ ދޭނެ ބަޔަކު ހޯދަން 2019 ވަނަ ސަރުކާރުން އިއުލާނުކޮށްފައިވެއެވެ. އޭރުގެ ހައުސިން މިނިސްޓްރީން ކުރި އިއުލާންގައި ތަޅާލަން އިއުލާނުކޮށްފައިވާ ލިސްޓުގައި ދެން ހިމެނެނީ ރަބީއުވިލާގެ އިތުރުން ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ހާޖަރާގެ، ހ. ރުއްދޮށުގެއެވެ.

https://wamco.com.mv/
tel:+9607331319