logo

އަލިފުށީގެ އުތުރުގައި ލޭނު މަސްވެރިކަން ކުރުން މަނާ

profile

އާމިނަތު ޝަފާ - 23 އޯގަސްޓު 2024 - 16:07

ލޭނުއެޅުން މަނާ ސަރަހައްދު

ލޭނުއެޅުން މަނާ ސަރަހައްދު

ރ. އަތޮޅު އަލިފުށީގެ އުތުރުން އެއްވެސް ސަރަޙައްދެއްގައި ލޭނު މަސްވެރިކަން ކުރުން މަނާކޮށްފިއެވެ.

ލޭނު މަސްވެރިކަމުގެ ޤަވާއިދުގައިވާ ގޮތުން މި ސަރަހައްދަކީ ދިވެހިރާއްޖޭގައި ކުރާ ރީނދޫއުރަހަ ކަންނެލީގެ އަތުނަނުގެ މަސްވެރިކަން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ސަރަޙައްދެވެ.

މި ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭ ސަރަހައްދުތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލުގެ ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި އިންޑިއާ ކަނޑުގެ 25 ޑިގުރީ ދެކުނު ޠޫލްގެ އުތުރަށް އޮންނަ ސަރަޙައްދުގައެވެ.

މީގެ އިތުރުން، ދޮށީގެ ނުވަތަ އަތު ނަނުގެ މަސްވެރިކަން ކުރަންތިބި މީހުން ކުރާ މަސްވެރިކަމަށް ދަތިވާގޮތަށް، ލޭނު މަސްވެރިކަން ކޮށްގެން ނުވާނެކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ރ. އަތޮޅު އަލިފުށީގެ އުތުރާއި އިރުމަތީ އަދި ހުޅަނގު ފަރާތުގައިވެސް ލޭނު މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.

ލޭނު މަސްވެރިކަމަކީ އާމްދަނީ އިތުރުކުރުމަށް ލިބޭ ފުރުސަތެއްކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައި އެކަމުގެ ގަވާއިދު އެކުލަވާލައި ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ޝަކުވާ ވަނީ ހުށަހެޅިފައެވެ. ލޭނު މަސްވެރިކަމަށް ހުޅުވާލާނީ މި ޝަކުވާތަކަށް ބެލުމަށް ފަހުކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވައިލާއިރު ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއިރު ލިބިފައި ހުރި ތަޖުރިބާއަށް ބަލައި، ލޭނުމަސްވެރިކަމަކީ ދިވެހީންނަށް ފައިދާހުރި އަދި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތައް ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް މި ގަވާއިދުގައި ހިމަނާފައި ވާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

tel:+9607331319