logo

މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ތުޅާދޫގައި

profile

އާމިނަތު ޝަފާ - 25 އޯގަސްޓު 2024 - 10:14

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ބ. ތުޅާދޫގައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވާތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޓީމެއް އިއްޔެ އެރަށަށް ޒިޔާރަތްކޮށްފައިވާއިރު މި ދަތުރުގައި ބައިވެރިވި ޓީމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި އެހެނިހެން ފަންނީ ބޭފުޅުން ހިމެނެއެވެ.

މި ޓީމުން ތުޅާދޫއަށް ކުރަމުންދާ ޒިޔާރަތުގައި ރަށު ކައުންސިލާއި، ސްކޫލާއި އަދި ސިއްޙީ މަރުކަޒާއެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރަސްމީ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި މަސްވެރިންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރައިން މައުލޫމާތުދެއެވެ.

ވުޒާރާއިން ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކާމެދު މިހާރުވެސް މަޝްވަރާކުރަމުން އަންނަކަމަށެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހެއްގެ ގޮތުގައި ހާއްސަ ދުވަހެއް ފާހަގަކުރަން ފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. 1981 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައީ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ގޮތުގައި އަލުން ފާހަގަކުރަން ފެށީ 2013 ވަނަ އަހަރުން ފެށިގެނެވެ.

tel:+9607331319