logo

ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

profile

ޒިދާން މުޙައްމަދު - 10 ސެޕްޓެމްބަރު 2025 - 11:37

ސްރީލަންކާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ގެ ފަޚުރުވެރި ޗެމްޕިއަނުން ކަމަށްވާ ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ތައްޓާއިއެކު ޤައުމީ ޓީމު އެނބުރި ގައުމަށް އައުމުން މައި އެއާޕޯޓުން މަރުޙަބާ ކިޔުމުގައި އިސްކޮށް ތިއްބެވީ، ކުޅިވަރު ވުޒާރާގެ އިސްބޭފުޅުންނާއި، ކުޅިވަރު އާއިލާގެ ބޭފުޅުންނެވެ.

https://wamco.com.mv/

އެއާޕޯޓުން މަރުޙަބާ ކިޔުމުގައި، ކަމިޝަނާ އޮފް ސްޕޯޓް މުޙައްމަދު ތޮލާލްލާއި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިޤާއި، އެފްއޭއެމްއާއި، މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ޚާއްސަ ހަރަކާތެއްވެސް އެއާޕޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ޤައުމީ ޓީމަށް ރަސްމީކޮށް މަރުޙަބާ ކިޔުން އޮތީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސްރީލަންކާ އަތުން ހޯދި ބޮޑު މޮޅާއެކު ރާއްޖެއިން އުފުލާލި ސުޕަ ކަޕް ޓްރޮޕީއާއި އެކު ފޮޓޯ ނެގުމާއި، ޤައުމީ ޓީމު ކުޅުންތެރިންނާއެކު ފޮޓޯ ނެގުން އަދި އުފާވެރި ވަގުތުކޮޅެއް ޓީމާއެކު ހޭދަކޮށްލުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހުޅުވާލުމުން ގިނަ ބަޔަކު ދަނޑަށް ޖަމާވިއެވެ.

ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay