logo

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ 41 ޕަސެންޓް މަސައްކަތް ނިމިއްޖެ

profile

މުޙައްމަދު ފަޟްލޫން - 25 ޖެނުއަރީ 2026 - 05:34

ހއ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ 41 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

https://wamco.com.mv/

ދިއްދޫގެ ބިން ހިއްކުމުގެ މުޅި މަޝްރޫއުގެ 36.61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ލެއިވް އެރިކްސަން ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.

މި ޑްރެޖަރަކީ އެއްފަހަރާ 46،000 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ އަދި މިވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ އެމްއޭސީއެލް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

ދިއްދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ހުސްވި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިއްދޫ އަށް ވަޑައިގެން ރައީސް ވަނީ އެރަށުގައި އެއަރޕޯޓެއް ތަރައްގީ ކުރައްވާނެ ކަަމަށް ވިދާޅުވެފައެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay