logo

ކައުންސިލްތަކާ ސަރުކާރާ ގުޅުވުމަށް މިދަނީ މަސައްކަތް ކުރަމުން - އާދަމް ޝަރީފް

profile

އަހުމަދު ޒަލީފު - 19 ޑިސެމްބަރު 2023 - 15:40

 ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެން ކުރަމުންދާ މަސައްކަތުގެ މައިގަނޑު ބޭނުމަކީ ލޯކަލް ކައުންސިލްތައް ބާރުވެރިކޮށް ސަރުކާރާއި ގުޅުވައިދިނުން ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ،

ސިޓީތަކާއި އިދާރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެލްޖީއޭ އާއި ވުޒާރާއިންވެސް ކުރާ ކަންތައްތަކުން އެންމެ ބޮޑަށް ހާސިލްކުރަން ބޭނުންވާ އެއްކަމަކީ ކައުންސިލްތައް ބާރުވެރިކުރުމާއި ކައުންސިލްތައް ސަރުކާރާ ގުޅުވައިދިނުން ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވާ އެއްކަމަކީ އަޅުގަނޑުމެން މިކުރެވޭ ހުރިހާ މަސައްކަތްތަކުން ލޯކަލް ގަވަރުމަންޓު އޮތޯރިޓީންވެސް އަދި މި ވުޒާރާއިންވެސް ކުރާ ކަންތައްތަކުން އެންމެ ބޮޑަށް ހާސިލްކުރަން ބޭނުންވާ އެއްކަމަކީ ކައުންސިލްތައް ބާރުވެރިކުރުމާއި ކައުންސިލްތައް ސަރުކާރާ ގުޅުވައިދިނުމުގައި އަޅުގަނޑުމެންގެ ދައުރު ކަށަވަރުކުރުން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެވުނު ދަތުރުތަކުން ސާފުވެގެން ދިޔަ ކަމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ވަރަށް ގިނަ އިސްލާހުތައް ގެންނަން ޖެހޭ ކަމެވެ. އެ ނިޒާމު އިތުރަށް ފުޅާކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް ވަރަށް ގިނަ ކަންތައް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ކުރިޔަށް ގެންދިޔުމުގައި ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހޭ،" ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ވޭތުވެދިޔަ 13 އަހަރުތެރޭގައި ފެހި ގާނޫނުއަސާސީން ލިބުނު ކުރިއެރުންތަކާއެކީގައި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ގާއިމުވެގެން އައިފަހުން ގިނަ ކުރިއެރުންތައް ލިބިފައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ ވަރަށް ކައުންސިލްތަކަށް އޭގެ ބާރު ލިބިފައިނުވާ ކަމަށެވެ.

tel:+9607331319