logo
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި ބައެއް ތަކެތި---

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރި ބައެއް ތަކެތި---

އާންމުންގެ ބޮޑު ތަރުހީބަކާއެކު "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ކާމިޔާބުކަމާއެކު ނިންމާލައިފި

profile

ޖިނާން ޙުސައިން ޖަބީން - 03 ނޮވެމްބަރު 2026 - 13:03

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި ވިޔަފާރިތައް ފުޅާކުރުމުގެ މަގުސަދުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ބޮޑު ތަރުހީބަކާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

ހުސްވި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި ހިނގާ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މައުރަޒަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ބޮޑު މައުރަޒެވެ. އެގޮތުން، މައުރަޒު ކުރިއަށްދިޔަ ދުވަސްތަކުގައި 205،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 41،000 މީހުން ކަމަށް ބީސީސީން ބުނެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހި އާއިލާތަކުގެ އިތުރުން ރާއްޖެ ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިން ވެސް ހިމެނެއެވެ.

މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުމެއް ބައިވެރިކޮށްފައިވެއެވެ. މިއީ މިދިޔަ 2025 ވަނަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލަންޖެހެއެވެ. ބައިވެރިންގެ ތެރޭގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެއެވެ.

މި މައުރަޒުގައި ދިވެހިންގެ ސަގާފީ އަތްތެރި މަސައްކަތްތައް ކަމަށްވާ ކަސަބު ވިޔުމާއި، ލިޔެލާޖެހުމާއި، ކުރަހަނިކަމާއި ތިލޭރުކަމުގެ ހުނަރުތަކުގެ އިތުރުން ޒަމާނީ ކުރެހުންތަކާއި ދިވެހި ކާބޯތަކެތި ދައްކާލާފައިވެއެވެ. މީގެއިތުރުން ކުޑަކުދިންގެ ހަރަކާތްތަކާއި، އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ބޮޑުބެރު ޗެލެންޖު އަދި ސަގާފީ ވާދައިގެ ހަރަކާތްތައްވެސް ވަނީ ފޯރިއާއެކު ކުރިއަށްގެންގޮސްފައެވެ.

ބީސީސީން ހާމަކުރި ގޮތުގައި، މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އައު މާކެޓްތަކާއި އިންވެސްޓަރުން ހޯދުމަށާއި، ވިޔަފާރިތައް އިޝްތިހާރު ކުރުމަށް ލިބިގެންދިޔަ އަގުހުރި ފުރުސަތެކެވެ.

https://wamco.com.mv/
tel:+9607331319