
ސްކޭމްގެ މައްސަލައެއްގައި ހިމެނޭ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 25 ޖެނުއަރީ 2026 - 05:18
ބިދޭސީންގެ މެދުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
ވޯކް ޕާމިޓް އާއި ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު އިމޮން ކަޒި އާއި އަފްޖަލް ހޮސައިން އާއި ޙަބީބުއްރަޙްމާން އާއި މުޙައްމަދު ހަނީފް ބަޕަރީ އާއި ކަޒި ރައިހާން އަދި މުޙައްމަދު ޔޫސުފް ޕްރޮދަން އެވެ.
ސްކޭމްގެ މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން މުޙައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާން އަދި މުޙައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 22 ވަނަ ދުވަހު ކަމަށާއި އަފްޖަލް ހޮސައިން އާއި ޙަބީބުއްރަޙްމާން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 23 ވަނަ ދުވަހު ކަމަށާއި އަދި މުޙައްމަދު ޙަނީފް ބަޕަރީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 30 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އެންމެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ކުރި އަމުރާއެއްގޮތަށް އަދިވެސް ތިބީ ބަންދުގައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމް: ފާއިތުވި ހަފްތާގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފި
ގަޑިއިރެއް ކުރިން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފަށައިފި
ގަޑިއިރެއް ކުރިން

ގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމް
ގަޑިއިރެއް ކުރިން

މިދައުރުގައި ފެންނާނީ ޞިއްޙީ ދާއިރާގެ އައު ބާބެއް : މިނިސްޓަރ ނާޡިމް
ގަޑިއިރެއް ކުރިން


