logo

މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ޖަވާބުދާރީ ކުރުވަންޖެހޭ، އެކަން ކުރަންޖެހޭނީ ރީތިގޮތުގައި: ނައިބް ރައީސް

profile

އައިޝަތު އިނާޝާ - 04 ފެބްރުއަރީ 2026 - 06:42

މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭނީ ވާދަވެރިންކަމަށާއި، ނަމަވެސް އެކަން ކުރަންޖެހޭނީ ރީތިގޮތުގައިކަމަށް ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕީއެންސީގެ މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހީންގެ ރާއްޖެ އަށް ބޭނުންވާ ތަރައްގީ އޮތީ ވަރަށް ސާފުކޮށް ފެންނަނަން ކަމަށެވެ. ވިދާޅުވީ މުޅި ރާއްޖޭގައިވެސް ހަމަޖެހުން، ރައްކާތެރިކަން އަދި ތަރައްގީއާއެކު ކުރިއަށްދާން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެއްލައްވާކަމަށެވެ. އެގޮތުން ވެރިރަށް މާލެއަށް އިޖްތިމާޢީގޮތުން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ނައިބު ރައީސް ވަނީ އަޅިއަޅުއްވާލައްވަވާފައެވެ.

އެގޮތުން ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން މަޖިލީހުގެ ތެރެއިން ހައްދަވަންޖެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް ހައްދަވައިގެންވެސް ދިވެހިންގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރެވޭތޯ ހާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަގޮތުގައި ލިބިފައިނުވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ޖަވާބުދާރީ ކުރުވަންޖެހޭކަމަށާއި، އެއީ އަސާސީ ހައްގެއްކަމަށް ވިދާޅުވިއެވެ. އަދި އެ ޒިންމާ އަދާކުރަންޖެހޭނީ ވާދަވެރިންކަމަށާއި، ނަމަވެސް އެކަން ކުރަންޖެހޭނީ ރީތިގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި ޖާވާބުދާރީ ކުރުވަން ދައްކާ ވާހަތަކަކީ ޒިންމާދާރުކަމާއެކު ދައްކަންޖެހޭ ވާހަކަތަކެއްކަމަށާއި، އޭގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ހަމަޖެހުން ގެއްލި، ނަފްރަތާއި ރުޅިވެރިކަމާއި ޒާތީ ހަސަދަ އުފެދުމަށް ޖާގަދެވިގެންނުވާނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މަޒީގައި ވެގެންދިޔަ އެފަދަ ކަންކަން ހާއްސަކޮށް 2008ގެ ކުރީކޮޅުގައި އެ ފެނުނު ކަންތައްތައް ބޭނުންވަނީ ހަނދާން ނައްތާލަން ކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މި ސިޔާސީ މައިދާނުގައި އެއީ އަޅުގަނޑުމެން ތަކުރާރުކުރަން ބޭނުންވާ ކަންކަމެއްނޫން ކަމަށެވެ. ވިދާޅުވީ އެއީ މިއަދުގެ މި ޖީލުތަކަށް ބޭނުންވާ ވާހަކަތަކެއްނޫން ކަމަށާއި ވެރިން ޖަވާބުދާރީކުރުވަން ދައްކާނެ ވާހަކަތައް ހުންނާނެ ކަމަށެވެ.

ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ވާހަކަތައް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު މިދެންނެވި އޭގެ ރީތިގޮތުގައި އެކަން ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ ރައީސަކީ ޖާވާބުދާރީވާން ކެރޭނެ ވެރިއެއް: ނައިބު ރައީސް

https://wamco.com.mv/
https://eportal.mwsc.com.mv/e-pay