ގޫގުލް ސާޗް ރިޒަލްޓްސްގައި ޗެޓްޖީޕީޓީއާއެކު ދައްކާފައި ހުންނަ ޕްރައިވެޓް ވާހަކަތައް ފެންނަމުންދާ ކަމަށް ދުނިޔޭގެ ބައެއް ޓެކް ނޫސްތަކުން ރިޕޯޓް ކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ މެދުގައި ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭ އަދި ޓެކްނޮލޮޖީގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ މިމައްސަލައިގެ ސަބަބުން ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާއި އޭއައި ޓްރާންސްޕޭރެންސީއާއި ޑޭޓާ ޕްރައިވަސީއާމެދު ވަނީ ބަހުސްތަކާއި ސުވާލުތައް އުފެދިފައެވެ. ޗެޓްޗީޕީޓީއާއެކު މީހުން ދައްކާފައި ހުންނަ ވާހަކަތަކުގެ ސްކްރީންޝޮޓްތަކާއި ޓްރާންސްކްރިޕްޓް ގޫގުލް ސާޗް ރިޒަލްޓްސްއިން ހަމަ ހަގީގަތުގައިވެސް ފެންނަ ނަމަ މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.
4 މަސް ކުރިން