logo

ކިނޮޅަހުގައި އެންމެ ފަހުގެ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް

profile

އައިޝަތު އިނާޝާ - 20 ޑިސެމްބަރު 2025 - 11:29

ރ. ކިނޮޅަހުގައި، އެންމެ ފަހުގެ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނެެފިއެވެ.

https://wamco.com.mv/

އެ މިނިސްޓްރީން ބުނިގޮތުގައި 297 ކިލޯވޮޓްޕީގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ކެޕޭސިޓީ އާއި 537.6 ކިލޯވޮޓް ގަޑީގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ހިމެނޭ މި ނިޒާމުގެ ސަބަބުން، ރަށުގެ ކަރަންޓަށް ޑީޒަލަށް ބަރޯސާވުން ވަރަށް ބޮޑަށް ކުޑަވެ، ތިމާވެއްޓަށް ފައިދާ ގިނަވާނެއެވެ.

އެ މިނިސްޓްރީން ބުނީ މި ހައިބްރިޑް ނިޒާމް މަސައްކަތްކުރަން ފެށުމުން، ކޮންމެ އަހަރަކު 139,636 ލީޓަރުގެ ޑީޒަލް ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޭގެ އިތުރުން، ކޮންމެ އަހަރަކު 342 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރަސް ބޭރުވުން ކުޑަކުރެވޭނެ ކަމަށެވެ.

މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ ބޭނުންތެރިކަމުގެ %33 އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ފުއްދުމަށް ކަނޑައަޅުއްވާފައިވާ ލަދުފަތްތަކަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ ނިޒާމުތައް ގާއިމުކުރުމަކީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay