
ތަރިކައިގެ ދާއިރާ ޑިޖިޓައިޒް ކުރުމާ ގުޅޭ ގޮތުން ޚާއްސަ ސެމިނާރެއް

އައިޝަތު އިނާޝާ - 20 ޑިސެމްބަރު 2025 - 11:28
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހިންގާ ސިގްނޭޗަރ ރިސަރޗް ސްކޮލާޝިޕްގެ ބައިވެރިންނަށް ޚާއްސަކޮށްގެން، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމާ ބެހޭ ދެ ދުވަހުގެ ސެމިނާރުގެ ދެވަނަ ވޯކްޝޮޕް ފެށިއްޖެއެވެ.
މި ސެމިނާރުގެ ދެވަނަ ބައި މިއަދު ކުރިއަށްދާއިރު، ފުރަތަމަ ބައި ކުރިއަށް ގެންދެވުނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވީ ހޮނިހިރު ދުވަހުއެވެ.
މި ސެމިނާ ވޯކްޝޮޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮންގ ޔުނިވަރސިޓީ އަދި އޮސްޓްރޭލިއާގެ އާރ.އެމް.އައި.ޓީ ގުޅިގެން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ސެމިނާރުގައި މަޢުލޫމާތު ދެއްވަނީ ބޭރުގެ މި ދެ ޔުނިވަރސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.
މި ޚާއްސަ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ "2.0"ގެ ދަށުން ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒޭޝަނަށް ހިރުޖަކުރުމަށް މަގުފަހިކުރުމަށް ޓަކައި، ހިންގޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށް ދިވެހިބަހާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މި ސެމިނާރުގެ މައިގަނޑު މަޤްސަދަކީ، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ސްކޮލާޝިޕްގެ ބައިވެރިންނާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންނަށް، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ އެންމެ ފަހުގެ ހުނަރުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ދިވެހިބަހާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވީއައިއޭގެ ޓާމިނަލް 1 އިން އެއާ ފްރާންސް އަށް ހިދުމަތް ދޭން ފަށައިފި
3 ގަޑިއިރު ކުރިން

އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަސް: ހާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު
4 ގަޑިއިރު ކުރިން

މިނިސްޓަރު މާރިޔާ ލ އަތޮޅުގެ ބައެއް ރަށްތަކުގެ ދަނޑުވެރިކަމުގެ ހާލަތު ބައްލަވައިލައްވައިފި
4 ގަޑިއިރު ކުރިން
.webp&w=3840&q=75)
ކިނޮޅަހުގައި އެންމެ ފަހުގެ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް
6 ގަޑިއިރު ކުރިން


