
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު، އޭނާގެ ކުރިއަށް އޮތް ސައިންސް ފިކްޝަން އެކްޝަން ތުރިލާ "ސަމުކް" ގެ ފުރަތަމަ ފެނިލުން
އަކްޝޭގެ ސައިންސް ފިކްޝަން ތުރިލާ ފިލްމު "ސަމުކް" ގެ ފުރަތަމަ ޕޯސްޓަރު ނެރެފި

އާމިނަތު ޝަޒްލާ - 16 ނޮވެމްބަރު 2026 - 13:11
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު، އޭނާގެ ކުރިއަށް އޮތް ސައިންސް ފިކްޝަން އެކްޝަން ތުރިލާ "ސަމުކް" ގެ ފުރަތަމަ ފެނިލުން އާންމުކޮށްފިއެވެ. މި ފިލްމަކީ ނުރައްކާތެރި މަޚްލޫގުންނާއި، ސަލާމަތްވުމަށް ކުރާ ހަނގުރާމަ އަދި ވަރުގަދަ އެކްޝަން މަންޒަރުތަކުން ފުރިގެންވާ އާދަޔާޚިލާފު ދުނިޔެއެއް ދައްކުވައިދޭނެ ފިލްމެކެވެ.
ނޮވެމްބަރު 16 ވަނަ ދުވަހު އަކްޝޭ ސޯޝަލް މީޑިއާގައި ހިއްސާކުރި ދެ ޕޯސްޓަރާއެކު ފިލްމީ ދާއިރާގައި ވަނީ ބޮޑު ފޯރިއެއް އުފެދިފައެވެ. މި މޯޝަން ޕޯސްޓަރުތަކުން ފެންނަނީ އަނދިރި ޖަންގައްޔެއްގެ ތެރޭގައި އަކްޝޭ ބަޑިއެއް ހިފައިގެން ހުންނަ މަންޒަރާއި، ބިރުވެރި މަޚްލޫގެއްގެ ކުޑަ ފެނިލުމެކެވެ.
މި ފިލްމުގެ ޝިއާރަކީ "މިޝަނަކީ އިންސާނިއްޔަތެވެ. ދުޝްމަނަކީ އިންސާނެއް ނޫނެވެ." މިއީ އިންސާނުންނާއި ނޭނގޭ ބާރުގަދަ މަޚްލޫގުންތަކެއްގެ މެދުގައި ހިނގާ ކުރިމަތިލުންތަކަށް އިޝާރާތްކުރާ ބަހެކެވެ.
މި ފިލްމާ ބެހޭގޮތުން އަކްޝޭ ބުނެފައިވަނީ، "ދުޝްމަނަކީ އިންސާނެއް ނޫން ނަމަވެސް، މި ކުރިމަތިލުމަކީ އިންސާނިއްޔަތަށްޓަކައި ކުރާ ހަނގުރާމައެއް. އަދި މިކަމުގައި ފަހަތަށް ޖެހުމަކީ އޮތް ފުރުސަތެއް ނޫން" ކަމަށެވެ.
ކަނީޝްކް ވަރްމާ ޑައިރެކްޓްކޮށް، ވިޕުލް އަމްރުތުލާލް ޝާހްގެ ސަންޝައިން ޕިކްޗާސް އިން އުފައްދާ "ސަމުކް" އަކީ އެކްޝަން، ބިރުވެރިކަން އަދި އޭލިއަން ފަދަ ބައިތައް ހިމަނައިގެން ބޮޑު ބަޖެޓަކުން އުފައްދާ ސައިންސް ފިކްޗަން ތުރިލާއެކެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ރުކްމިނީ މައިތުރާ، ވިނީތު ކުމާރު ސިންގް، ބަނީތާ ސަންދޫ، ރަޖަތު ކަޕޫރު، ސްވަނަންދު ކިރްކިރޭ އަދި ސުޝާންތު ސިންގް ފެނިގެންދާނެއެވެ.
މި އުފެއްދުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، "އޭލިއަން" އަދި "ޕްރެޑޭޓާ" ފަދަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ކްރީޗާ-އިފެކްޓްސް ޑިޒައިނަރު އެލެކް ގިލިސް މި ފިލްމުގައި ބައިވެރިވުމެވެ. އަދި ފިލްމުގެ އެކްޝަން މަންޒަރުތައް ތައްޔާރުކުރުމުގައި އިނގިރޭސިވިލާތުގެ އެކްޝަން ޑައިރެކްޓަރު ލޫކް ޓަމްބަރ ވެސް ބައިވެރިވެއެވެ.
މީގެ އިތުރުން، މިއީ 13 އަހަރުގެ މެދުކެނޑުމަކަށްފަހު އަކްޝޭ ކުމާރު އަދި ޕްރޮޑިއުސަރު ވިޕުލް އަމްރުތުލާލް ޝާހް އެކުގައި މަސައްކަތްކުރާ ފިލްމެކެވެ. މީގެ ކުރިން މި ދެމީހުން ވަނީ "ނަމަސްތޭ ލަންޑަން"، "ވަގްތު" އަދި "ހޮލިޑޭ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައެވެ.
"ސަމުކް" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 28 މޭ 2027 ގައެވެ.
ތަފާތު ވާހަކައަކާއި، ސިއްރުވެރި މަޚްލޫގުންނާއި، އަދި ވަރުގަދަ އެކްޝަން މަންޒަރުތަކާއެކު، މި ފިލްމު ވެގެންދާނީ އަކްޝޭ ކުމާރުގެ ފަރާތުން ބެލުންތެރިންނަށް ފެންނާނެ މުޅިން ތަފާތު ތަޖުރިބާއަކަށެވެ.
ގުޅުން ހުރި ޙަބަރުތައް

މެޑިޓަރޭނިއަން ޗިކްޕީ ސަލަޑް: ސިއްހަތަށް ފައިދާހުރި އަދި މީރު ޗޮއިސްއެއް!
11 ގަޑިއިރު ކުރިން

ހިނިތުންވާ ކޮންމެ މީހަކީ އުފަލުގައި އުޅޭ މީހަކަށް ނުވެދާނެ؛ މީހުންނާ މެދު އޯގާތެރިކަން އިސްކުރޭ!
11 ގަޑިއިރު ކުރިން

ސްޕެއިންގެ 43 މެޗުގެ ރެކޯޑް އިންގްލެންޑުން ނިމުމަކަށް ގެނެސްފި
11 ގަޑިއިރު ކުރިން

"ފިކުރީދައްތަ": ފަހުނޭވަޔާ ހަމަޔަށްވެސް އުނގަންނައި ދިނުމުގައި
11 ގަޑިއިރު ކުރިން


