logo

ތިން މާއްދާ އިން ފާސްވެފައިވާ ނަމަ އޭލެވެލަށް ކިޔެވޭނެ

profile

އާމިނަތު ޝަފާ - 19 ޖުލައި 2024 - 17:43

ދަރިވަރުންތަކެއް

ދަރިވަރުންތަކެއް

ތިން މާއްދާ އިން ފާސްވެފައިވާ ނަމަ އޭލެވެލަށް ކިޔަވަން ސަރުކާރު ސްކޫލުތަކުން ޖާގަ ދޭގޮތަށް ކީ ސްޓޭޖް 5ގައި ހިމެނޭ ގުރޭޑް 11 އަދި 12ގެ ދަރިވަރުން ސްލޫލްތަކަށް ވެއްދުމުގެ އުޞޫލަށް ބަދަލު ގެނެސްފިއެވެ.

އޭލެވެލަށް ކިޔެވުމަށް ފުރުސަތު ދެނީ ކުރީ ދެ އަހަރު ނަތީޖާ އަށް ބަލައިގެން ކަމަށާއި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންނަށްކަމަށް އެޑިޔުކޭޝަން މިނިސްޓްރީންވަނީ ބުނެފައެވެ.

މި ބަދަލާއެކު އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް މާއްދާއިން ދަށްވެގެން ސީ ފާސް ލިބުމާއެކު، ސައިންސް ނުވަތަ ބިޒްނަސް ސްޓްރީމުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބި، އިތުރު އެއް މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވާނަމަ އޭލެވެލްއަށް ވަދެވޭނެއެވެ. އަދި އޯލެވެލް އިމްތިހާނުގައި ތިން މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބުނަސްވެސް އޯލެވެލްއަށް ވަދެވޭނެއެވެ.

މީގެ އިތުރުން އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން (އައިއީޕީ) އިމްތިހާނު ހަދާ ދަރިވަރުން ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުމާއި ކުދިން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުން އުސޫލުގައި ހިމެނެއެވެ.

ގުރޭޑް 11އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ސްކޫލުގައި ޖާގަ އޮތް މިންވަރަށް ބަލައި، ހުށާހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުޞަތު ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލަރގައި ބުނެފައިވެއެވެ.


tel:+9607331319