logo

ރާއްޖޭން ހެދެން އޮތް ކޯހެއް ހަދަން، ރާއްޖޭން ބޭރަށްދާން ސަރުކާރުން އެހީ ނުދޭނެ!

profile

ޒިދާން މުޙައްމަދު - 20 ސެޕްޓެމްބަރު 2024 - 19:30

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭން ހެދެން އޮތް ކޯހެއް ހަދަން، ރާއްޖޭން ބޭރަށްދާން ސަރުކާރުން އެހީ ނުދޭނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަސްލު" ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވީ، މަތީ ތައުލީމަށް ލޯނު ދެނީ ރާއްޖޭން ކިޔެވެން ނެތް އެއްޗެއް ބޭރުން ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކޮންމެ ފަހަރަކު ވެސް ލޯނު ސްކީމަށް އިއުލާނު ކުރާއިރު ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ހިންގާ ކޯސްތަކާއި ހިންގަން ރާވާފައިވާ ކޯސްތައް ބަލާ ކަމަށާއި އެފަދަ ކޯސްތަކުގެ ލިސްޓެއް އިއުލާނާއެކު ޝާއިއު ކުރާ ކަމަށެވެ.

"ވަރަށް މަދު ހާލަތެއްގައި ރާއްޖޭގައި ހެދޭ އެއްޗެއް ހަދަން ރާއްޖޭން ބޭރަށް އެ ފުރުސަތު ދެވިފައި ހުންނާނީ އެއީ މިސާލަކަށް ޑިޕްލޮމެޓެއްގެ ބޭފުޅަކު, ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ބޭފުޅަކު, ދެން އެ އުސޫލުގައި ހުންނަ އިސްތިސްނާތައް ހުންނާނީ," ޑރ. އަބްދުއްރަހީމް ހަސަން

ސްޓޭޓް މިނިސްޓަރ ވަނީ ރާއްޖޭން ހެދޭ ކޯހެއް ހަދަން ދަރިވަރަކު ރާއްޖޭން ބޭރަށް ދާން ބުނެފިނަމަ އެ ދަރިވަރަކަށް ދޭނެ ޖަވާބަކީ ނޫނެކޭކަން ފާހަގަ ކުރައްވާފައެވެ.

"ބުނަން ޖެހޭނީ ސޮރީއޭ, އެއީ އުސޫލާ ހިލާފު ކަމަކޭ" ޑރ. އަބްދުއްރަހީމް ހަސަން

އިސްތިސްނާ ހާލަތެއް ފިޔަވައި ރާއްޖޭގައި ހެދޭ ކޯހެއް ވިއްޔާ ރާއްޖޭގައި ހަދަން ބާރުއަޅާނެ ކަމަށާއި އެ ފަދަ ކޯހެއް ހަދަން ރާއްޖޭން ބޭރަށް ދާން މާލީ އެހީ ސަރުކާރުން ނުދޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާވެސް ވިދާޅުވީ، ސަރުކާރުން އެދޭ ގޮތަކީ ދިވެހި ދަރީން ގައުމުގައި ތިބެގެން ގައިުމުގެ ކޮލެޖް/ ޔުނިވާސިޓީގައި މަތީ ތައުލީމް ހާސިލުކުރުން ކަމަށެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ފެންވަރުމަތިކޮށް، ދިވެހި ގައުމުގައި މީހުން ބިނާކުރެވޭނެ ވަސީލަތް ގާއިމުކުރަންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

tel:+9607331319