
އިގުތިސާދީ ކުރިއެރުން ގުޅިފައިވަނީ އަިތުބާރުގެ މައްޗަށް: ސައީދު

ރިޟްވާން މޫސާ - 25 ޖޫން 2026 - 05:41
އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ގުޅިފައިވަނީ އިތުބާރުގެ މައްޗަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިިދާޅުވެއްޖެއެވެ.
ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑުން އެކުލަވާލާފައިވާ ދިނަފް-48 ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާގަ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޓްރޭޑް ސެކްޓަރ އޭގެ ޒާތުގައި ކުރިއަރައިގެން ނުދާ ކަމަށާއި، އެއަށް ވުރެ ބޮޑަށް ރާއްޖޭގެ އިގްތިސާދު އޮތީ ފަތުރުވެރިކަމަށް ވާގިވެރިވާ ސިނާ އަތެއްގެ ގޮތުގައި ކަމަށެވެ.
ދިނަފްއަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ސީއެމްޑީއޭގައި ރަޖިސްޓަރކޮށްގެން ހިންގާ ފަންޑެކެވެ. އެފަދަ ފަންޑުތަކަކީ ރާއްޖެއަށް މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ސްޓޭކް ހޯލްޑަރުންގެ މެދުގައި އޮންނަ އިތުބާރަކީ އެންމެ މުހިންމުކަންތައްތަކުގެ ގޮތުގައި ސިފަކުރައްވަމުން ސައީދު ވިދާޅުވީ އެއިތުބާރު ދެމިނޯންނަ ހާލަތުގައި މަސައްކަތުގެ ސްޕީޑް ދަށްވާކަމަށެވެ.
ވަޒީރު ސައީދު ވިދާޅުވީ ޓްރޭޑް ފެސިލިޓޭޓްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސިނާއަތްތައް ކުރިއަރުވާ ވިޔަފާރިވެރިންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުން އިސްކަންދެއްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކާއި ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތައް އުފައްދައިގެން، މެދު ރާސްތާގައި ދައުލަތުގެ މާލީ ހަމަޖެހުމާއި ދަރަނީގެ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ވެނެޒުއޭލާއަށް އައި ބިންހެލުންތަކާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
ގަޑިއިރެއް ކުރިން

އެމްއޭސީއެލްގެ އައު ކާގޯ ޓާމިނަލް ގެ ސަބަބުން މުދާ ކްލިއަރކުރުން އަވަސްވެއްޖެ
3 ގަޑިއިރު ކުރިން

ރައީސް، ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ސަފީރުން ޢައްޔަން ކުރައްވައިފި
6 ގަޑިއިރު ކުރިން

ވެނެޒުއޭލާއަށް އައި ބިންހެލުމުން 10،000 އަށްވުރެ ގިނަ މީހުން މަރުވެދާނެ!
8 ގަޑިއިރު ކުރިން


.gif&w=3840&q=75)