
މެދުއިރުމަތީގެ ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު އެމެރިކާއިން ހޯދަނީ

ރިޟްވާން މޫސާ - 20 ޖޫން 2026 - 07:51
މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާއި އެމެރިކާ އާއި ދެމެދު ފެށި މެދުއިރުމަތީގެ ހަނގުރާމަިއގައި އެމެރިކާ އަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ އިން ވިދާޅުވެއްޖެ އެވެ.
އީރާނަށް ހަމަލާ ދިނުމުގައި އޯޕަން ބަޖެޓެއް ގެންގުޅު ކަމަށް ކުރިން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވިދާޅުވެފައިވީ ނަމަވެސް އެގައުމުގެ ދާހިލީ ވުޒާރާއިން ވަނީ ހަނގުރާމައިގައި އެގައުމަށާއި ހާއްސަ ގޮތެއްގައި އަސްކަރިއްޔާ އަށް ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ވެފައިވާ ކަން ހާމަކުރައްވާފަ އެވެ.
އެމެރިކާގެ ދާޙިލީ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި މި ހަނގުރާމައިގައި އެމެރިކާއިން 80 ބިލިއަނަށް ވުރެ މައްޗަށް ޙަރަދުވެފައި ވެ އެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ނޫހުން ބައެއް މަސްދަރުތަކާ ޙަވާލާދީ ބުނީ، އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ސްޓީވަން ފައިންބަރގް ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ފޯނުން ގުޅުއްވައި އެ މަޢުލޫމާތު ޙިއްސާކޮށްފައިވާ ކަމަށެވެ.
މި ފައިސާގެ ތެރޭގައި ދިފާއީ ވުޒާރާއާ ގުޅުންނެތް ދަނޑުވެރިކަމާއި އަދި ކާރިޘާތަކަށް ދޭ އެހީ ވެސް ހިމެނެއެވެ. މި ސަޕްލިމެންޓަރީ ބަޖެޓު ކުރިއަށް އޮތް ދުވަސްތަކުގައި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ފޮނުވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން، އެމެރިކާގައި ވެސް ހަކަތައިގެ އަގާއި ތަކެތީ އަގު އިންތިހާއަށް މައްޗަށް ދިޔުމުގެ ކަންބޮޑުވުންތައް އާންމުންގެ ތެރޭގައި އިތުރުވުމުގެ ސަބަބުން އާންމުންގެ ރުޅިވެރިކަން އެމެރިކާގެ ރައީސް އަށް އިތުރުވެ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފާޅުގައި އެގައުމުގެ ރައީސް ޑޮނަލް ޓްރަމްޕް އާ ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑުއުފުލާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު ދަށްވާން ފަށައިފި
3 ގަޑިއިރު ކުރިން

ނައިބު ރައީސް، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފި
8 ގަޑިއިރު ކުރިން

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމުގެ ހިތާމައިގަ ރައީސްގެ ތައުޒިޔާ!
12 ގަޑިއިރު ކުރިން

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފުތިތާހުކޮށްފި
ދުވަހެއް ކުރިން


.gif&w=3840&q=75)