logo

ފީފާ ޕުސްކަސް އެވޯޑް ގަނާޗޯއަށް

profile

މުހައްމަދު ޞާދިޤް - 18 ޑިސެމްބަރު 2024 - 07:12

ފިފާއިން ހޮވާ، އަހަރުގެ އެންމެ ރީތި ގޯލް ކާމިޔާބުކުރާ ކުޅުންތެތިއަކަށް ދޭ އެވޯޑް މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ވިންގަރ އަލެހަންދްރޯ ގަނާޗޯއަށް ލިބިއްޖެއެވެ.

https://wamco.com.mv/

ގަނާޗޯއަށް މި އެވޯޑް ލިބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް 3-0 އިން އެވަޓަން ބަލިކުރި މެޗްގައި ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކުއެވެ. ގަނާޗޯގެ މި ލަނަޑަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗްގައި، ހިތްގައިމު ބައިސްކަލު ކިކަކުން ކާމިޔާބުކުރި ލަނޑެކެވެ.

ގަނާޗޯގެ މި ލަނޑުގެ އިތުރުން ވެސްޓްހެމްގެ މުޙައްމަދު ކުޑޫސް ޔޫރަޕާ ލީގުގައި ފްރެއިބާގް ކޮޅަށް ޖެހި ލަނޑުވެސްވަނީ ނޮމިނޭޓް ވެފައެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި އަންގާރަ ދުވަހުގެރޭ ބޭއްވި އެވޯޑް ޙަފްލާގައި ގަނާޗޯ ބުނެފައިވަނީ މި އެވޯޑް ލިބުނީތީ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. މުޅިޢާއިލާވެސް މިކަމާ އުފާކުރާ ކަމަށާއި މި ލަނޑަކީ އަބަދުވެސް ހަނދާން ހުންނާނެ ލަނޑެއް ކަމަށެވެ. އާޖެންޓީނާގެ ގަނާޗޯގެ މިލަނޑުވަނީ ޕްރިމިއަރ ލީގުގެ ގޯލް އޮފް ދި ސީޒަންއަށްވެސް ހޮވިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay