logo

ވޯލްޑްކަޕަށް ތައްޔާރުވިއިރު ހުށަހެޅުނު ޝަކުވާތަކަށް ޤަތަރުން އެކުލަވާލި ރިޕޯޓް ފީފާއިން ބަލައެއް ނުގަތް

profile

މުހައްމަދު ޞާދިޤް - 01 ޑިސެމްބަރު 2024 - 06:05

https://wamco.com.mv/

undefined

2022ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ޤަތަރުން ތައްޔާރުވަމުން އައި ދުވަސްވަރު އެކިފަރާތްތަކުން ފީފާއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ޤަތަރުން ހުށަހެޅި ރިޕޯޓް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބަލައިނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.

ވޯލްޑްކަޕަށް ތައްޔާރުވިއިރު ޤަތަރުގެ ތައްޔާރީތަކުގައި ޙަރަކާތްތެރިވި މަސައްކަތްތެރިންގެ ޙައްޤުގައި އެތައް މައްސަލައެއް ފީފާއަށް އެކިފަރާތްތަކުން ހުށަހަޅާފައިވެއެވެ. މިކަންކަމަށް ޖަވާބުދާރީ ވުމުގެ ގޮތުން ވޯލްޑްކަޕަށް ޤަތަރުން އެކުލަވާލި ޚާއްސަ ކޮމެޓީން އެކުލަވާލި ސަބް ކޮމެޓީގެ ރިޕޯޓް ފީފާއިން ބަލައިނުގަތީ އެންމެ ރަނގަޅަށް އެމައްސަލަ ތަކުގެ ޒިންމާ ނަގާފައިވާކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށް ފީފާއިން ބުނެއެވެ. ހިއުމަން ރައިޓްސް އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމެޓީން ހުށަހެޅި ރިޕޯޓްގައި މަސައްކަތްތެރިންގެ ޙައްޤުތައް އެންމެ ރަނގަޅަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފީފާއިންވަނީ ލެގަސީ ފަންޑްގެ ނަމުގައި 39.4 މިލިއަން ޕައުންޑް ދިނުމަށް މަސައްކަތްތެރިންގެ ޙައްޤުގައި ފާސްކޮށްފައެވެ. 2023ވަނަ އަހަރުގެ ޑިސެމެބަރު މަހު ޤަތަރުން ހުށަހެޅި މި ރިޕޯޓަށް ޖަވާބެއްނުދީ އަހަރަކަށްވުރެ ގިނަ ދުވަސް ވުމަށްފަހު ފީފާއިން ރިޕޯޓް އަނބުރާ ފޮނުވާލީ 2010 ވަނައަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމަޔަށް ހިނގާދިޔަ ގިނަ ކަންކަމުގެ ޒިންމާ އެންމެ ރަނގަޅަށް ނަގާފައި ނުވާތީއެވެ. ވޯލްޑްކަޕަށް ތައްޔާރުވުމުގެ މަސައްކަތް ޤަތަރުން ފެށްޓީ 2010ވަނަ އަހަރުއެވެ. 12 ވަރަކަށް އަހަރުގެ ތައްޔާރީތަކުގައި އެތައްބައިވަރު މަސައްކަތްތެރިންނެއްގެ ފުރާނަ ގެއްލި، ތަފާތު އެކިވަރުގެ އަނިޔާވެ އެތައްބުރައެއް މަސައްކަތްތެރިން އުފުލަން ޖެހުނެވެ. ހަމަ އެހެންމެ މަސައްކަތްރެރިންނަށް ދޭންޖެހޭ އުޖޫރަ ނުދިނުމުގެ މައްސަލަތަކާއި އެނޫންވެސް އެތައް ޝަކުވާއެއް ހުށަހަޅާފައިވެއެވެ.

ޤަތަރުން ވޯލްޑްކަޕަށް ތައްޔާރުވީ މަސައްކަތްތެރީޏް އިންސާނީ އެތައް ޙައްޤަކުން މަސައްކަތްތެރިން މަހުރޫމުކޮށްގެން ކަމަށް އެތައްބަޔަކު އޭރުވެސް ދިޔައީ ބުނަމުންނެވެ. އޭގެސަބަބުން 500 އާ ގާތްކުރާ ޢަދަދަކަށް މަސައްކަތްތެރިންގެ ފުރާނަގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭ ޤާނޫނަށް އިސްލާޙްތައް ގެނެސް 2017 ވަނައަހަރު އެއަށް ޢަމަލުކުރަން ނިންމި ނަމަވެސް އެންމެ ރަނގަޅަށް އެ ޤާނޫނަށް ޢަމަލުކޮށްފައި ނުވާކަންވެސް ފީފާއަށް ހުށަހެޅާފައިވާ ޝަކުވާތަކުގައިވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay