logo

އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް

profile

ޒިދާން މުޙައްމަދު - 22 ސެޕްޓެމްބަރު 2024 - 12:15

 މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު

މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު

އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، "އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445" އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ޑްރާމާތައް އޮލިމްޕަހުގައި ސްކްރީންކޮށް، ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީގެ ޕަސެންޓޭޖެއް ޑްރާމާ އުފައްދާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އޮފީސްތަކުގެ ޓެލެޑްރާމާގެ ސަބަބުން ގިނަ ފަންނާނުން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އެފަރާތްތަކަށް އިންޑަސްޓްރީން ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445 ގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިވަނީ "މަނާލް" އެވެ. މި ޑްރާމާއަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ތައްޔާރުކުރި ޑްރާމާއެކެވެ.

އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445 ގެ އެވޯޑު ލިބުން ފަރާތްތައް:

- އެންމެ މޮޅު އެކްޓަރ (އަންހެން): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެކްޓަރ (ފިރިހެން): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

- އެންމެ މޮޅު ސަޕޯޓިން އެކްޓަރ (އަންހެން): އާއިދާ ހައްމާދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސަޕޯޓިން އެކްޓަރ (ފިރިހެން): މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

- އެންމެ މޮޅު ޑިރެކްޓަރ: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސްކްރީންޕްލޭ: މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ސިނަމެޓޮގްރާފަރ: (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެޑިޓަރ: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު ޑްރާމާ (ވިއުވާސް ޗޮއިސް): ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން)

- އެންމެ މޮޅު އެކްޓަރ އަންހެން ( ވިއުވާސް ޗޮއިސް): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)

- އެންމެ މޮޅު އެކްޓަރ ފިރިހެން (ވިއުވާސް ޗޮއިސް): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)

- އެންމެ މޮޅު ޑްރާމާ: މަނާލް/ އެމްއެންޔޫ

tel:+9607331319