logo

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ބާއްވަނީ

profile

އަހުމަދު ޒަލީފު - 23 ޖެނުއަރީ 2024 - 23:37

އޮފީސްތަކުގެ ޓެލެޑްރާމާ އަލުން ފަށަން ވަނީ ނިންމާފައި

އޮފީސްތަކުގެ ޓެލެޑްރާމާ އަލުން ފަށަން ވަނީ ނިންމާފައި

އޮފީސްތަކުގެ ޑްރާމާ މުބާރާތް ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވުމަށް ނިންމައިފި އެވެ.

ނެޝަނަލް ސެންޓާ ފޯ އާޓްސް އިން މިއަދު ބުނީ "އެންސީއޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޓެލެޑްރާމާގެ ތީމް އަކީ އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުން ހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ހައްލެއް ހޯދޭނެ ތީމެއްގެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގެ ތާރީހާއި އާދަކާދަ އާއި ހިލާފު ނުވާ މުޖްތަމައުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވެސް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މި މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް ފަންނުވެރީންނަށް ހިތްވަރުދީ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތުގެ ބައިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ އެކެއްގެ ކުރީން ފޯމް ހުށައަޅަން ޖެހެ އެވެ.

tel:+9607331319