ނާވައިދޫ ބަނދަރު މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދަނީ

އައިޝަތު އިބްރާހިމް - 10 އޭޕްރީލު 2025 - 12:41
ހދ. ނާވައިދޫ ބަނދަރު ހދ. ނާވައިދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) ން ބުނެފިއެވެ.
ނާވައިދޫ ބަނދަރު ތަރައްގީކޮށް އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 16 ޖެނުއަރީ 2023 ގައި ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެމްޓީސީސީއިން ބުނީ އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުނމިހާރު ކުރިިއަށްދަނީ ބަނދަރު ފާރު އެޅުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތްކަމަށެވެ.
އެގޮތުން މިހާރު ބަނދަރުގައި ކުރިއަށްދާ މަސައްކަތްތަކުގެ، ސްކޯޕްގައި ހިމެނެނީ 72،257.88 ސީބީއެމްގެ ބިން ހިއްކައި ކޮނެ، 398.30 މީޓަރުގެ ބްރޭކްވޯޓަރ އަދި ރިވެޓްމަންޓް، 231.00 މީޓަރުގެ ދިގުމިނުގެ ކުއީ ވޯލް ސްޓްރަކްޗަރ، ހާބަރ ލައިޓް އަދި ޕޭވްމަންޓްގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ނާވައިދޫ ބަނދަރުގެ 18 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ.
ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި 73 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 290 މީޓަރުގެ ބޭރު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 51.3 މިލިއަން ރުފިޔާއަށް، 15 މަސް ދުވަހުން ނިންމާ ގޮތަށް ކަމަށްވެސް އެމްޓީސީސީން ކުރިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކާރިސާތަކުގައި އެކުގައި މަސައްކަތްކުރަން ޑިޒަސްޓާ މެނޭޖުމަންޓާއި އެމްޓީސީސީ އެއްބަސްވެއްޖެ
2 އަހަރު ކުރިން

ފަރެސްމާތޮޑާ އެއަރޕޯޓްގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ
2 އަހަރު ކުރިން

ވިސާ ކާޑާއި މާސްޓަރ ކާޑު ބޭނުންކޮށް ތަޖުރިބާ ބަސް ދަތުރުތަކެއް!
2 އަހަރު ކުރިން

ބައުވެ ހަލާކުވެފައިވާ ތަކެތި އެމްޓީސީސީން ނީލަން ކިޔަނީ
2 އަހަރު ކުރިން