
ފަރެސްމާތޮޑާ އެއަރޕޯޓް
ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ އެވެ.

ޔޫޝައު ހަސަން - 27 ޑިސެމްބަރު 2022 - 09:24
ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ އެވެ.
އެމްޓީސީސީ އާއި ޙަވާލުކުރެވިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެދަށުން ރަންވޭ، ޓެކްސީވޭ، އޭޕްރަން މަސައްކަތްތަކުގެ 93 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރާނެ އެވެ. އަދި ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން، 9,780 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 110 މީޓަރުގެ ބްރިޖެއް އެޅުމާއި، 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުން ހިމެނެ އެވެ.
ހަމަ އެޔާއެކު ޕޭވިން މަސައްކަތް ކުރުމާއި، މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫއަކީ 44.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ގިނަ ތަރައްޤީގެ މަސައްކަތްތައް ކުރިގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކާރިސާތަކުގައި އެކުގައި މަސައްކަތްކުރަން ޑިޒަސްޓާ މެނޭޖުމަންޓާއި އެމްޓީސީސީ އެއްބަސްވެއްޖެ
2 އަހަރު ކުރިން

ވިސާ ކާޑާއި މާސްޓަރ ކާޑު ބޭނުންކޮށް ތަޖުރިބާ ބަސް ދަތުރުތަކެއް!
2 އަހަރު ކުރިން

ބައުވެ ހަލާކުވެފައިވާ ތަކެތި އެމްޓީސީސީން ނީލަން ކިޔަނީ
2 އަހަރު ކުރިން

މިރޭގެ ބޮޑު ދެ އެއްވުމާއި ގުޅިގެން ބަސް ރޫޓު ތަކަށް ބޮޑު ބަދަލެއް!
2 އަހަރު ކުރިން