logo

ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 58 އިންސައްތަ މަސައްކަތް ނިމިއްޖެ

profile

އައިޝަތު އިބްރާހިމް - 10 ޖޫން 2025 - 08:40

ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް(އެމްޓީސީސީ)ން ބުނެފިއެވެ.

https://wamco.com.mv/

ނިލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ޖިއޯ ބޭގް ރިވެޓްމަންޓްގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މިހާރު މި މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 58 އިންސައްތަ ނިމިފައިވާކަމަށްވެސް ވަނީ ބުނުފައެވެ.

undefined

އެމްޓީސީސީން ބުނީ ބިން ހިއްކާފައިވާ ސަރަހައްދުން 503 މީޓަރު ސަރަހައްދެއްގައި ޖިއޯ ބޭގް ޖެހުމަށް ހަމަޖެހިފައިވާ ކަމަށާއި 247 މީޓަރު ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފައިވާ މި މަޝްރޫގެ އަގަކީ 61.75 މިލިއަން ރުފިޔާއެވެ.

ސަރުކާރުން ރާއްޖޭގެ އެކިއެކި ރަށްރަށުގެ ބަނދަރު އަދި ބިން ހިއްކުމާއި ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay