logo

ސްކައުޓް ފެއަރ ކުރިއަށް ދަނީ

profile

އާމިނަތު ޝަފާ - 26 ޖުލައި 2024 - 22:40

ސްކައުޓް ފެއަރގެ ތެރެއިން

ސްކައުޓް ފެއަރގެ ތެރެއިން

މިނިވަންކަމަށް 59 އަހަރުފުރޭ އިޙްތިފާލާއި ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފަން ފެއަރ އެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

މާލޭގެ މަޖީދިއްޔާ ސްކޫލުގައި މިއަދު ހަވީރު 04:00 ގައި ފެށި މިފެއަރ ހޮނިހިރު ދުވަހު އިރުއޮއްސި 06:00 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ސްކައުޓު އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ.

މިފެއަރއަކީ ސްކައުޓް އެސޯސިއޭޝަނާއި މާލޭގެ 9 ސްކައުޓް ގުރޫޕެއް ގުޅިގެން ބާއްވާ ފެއަރއެކެވެ.

މިފެއަރގައި ތަފާތު ޢުމުރު ފުރާތަކަށް ޚާއްޞަ ޙަރަކާތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިގެންދާއިރު، ފެއަރއަށް ވަނުމުގެ ފީއަކީ، 20 ރުފިޔާއެވެ.

މިފެއަރ ގައި ސްކައުޓުންނަށް ޚާއްސަ ހަރަކާތްތަކާއި އަދި ތަފާތު އިތުރު ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.


ގިނަ ދުވަސްތަކަކަށްފަހު ސްކައުޓް އެސޯސިއޭޝަނުން މިފަދަ ފެއަރ އެއް އިންތިޒާމުކޮށްފައިވާއިރު، ފެއަރއަށް އެހާރާއި މިހާރުގެ ވީހާވެސް ގިނަ ސްކައުޓުން ޒިޔާރަތް ކުރެއްވުމަކީ ސްކައުޓް އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް، އެ އެސޯސިއޭޝަނުން ބުނެއެވެ.

tel:+9607331319