logo

ރާއްޖޭގެ 100 އަށްވުރެ ގިނަ ސްކައުޓުން އިންޑިއާ އަށް!

profile

އަހުމަދު ޔައީޝް - 02 ޖެނުއަރީ 2023 - 15:52

ސްކައުޓް އެސޯސިއޭޝަންގެ އިސް މެމްބަރުން ރައީސް ސޯލިހް އާއި ބައްދަލުކުރައްވަނީ ---

ސްކައުޓް އެސޯސިއޭޝަންގެ އިސް މެމްބަރުން ރައީސް ސޯލިހް އާއި ބައްދަލުކުރައްވަނީ ---

ދިވެހިރާއްޖޭގެ 106 ސްކައުޓަކު އިންޑިއާއަށް ފުރައިފިއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، އެ ޖަމުއިއްޔާގެ ގިނަ އަދަދެއްގެ ސަކައުޓުން އިންޑިއާއަށް ފުރީ، އިންޑިއާގެ ރާޖަސްތާނުގައި އޮންނަ ބޮޑު ކޭމްޕަކަށް ކަމަށެވެ.

އިންޑިއާގައި އޮންނަ މި ކޭމްޕަކީ އޭސިއާ ސަރަހައްދުގެ ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް ބައިވެރިވާ ކޭމްޕެކެވެ. މިފަދަ ކޭމްޕުތަކަށް ސްކައުޓުން ކިޔަނީ ޖަމްބަރީ އެވެ.

ގިނަ ގައުމުތަކެއް ބައިވެރިވާ މި ހަރަކާތަކީ އިންޑިއާގެ ގާލްސް ގައިޑުންނާއި ސްކައުޓުން ގުޅިގެން ބާއްވާ އިންޑިއާގެ 'ނެޝަނަލް އެދްވެންޗަރ' ކޭމްޕެވެ. މި ޖަމްބަރީގައި ރާއްޖޭން އަންނަނީ ބައިވެރިވަމުންނެވެ. އެހެން ނަމަވެސް، 2019 ވަނަ އަހަރުގައި ރާއްޖޭން މި ޖަމްބަރީގައި ބައިވެރިވެފައެއް ނުވެއެވެ. އެއީ ކޮވިޑް19ގެ ސަބަބަނުންނެވެ.

ސްކައުޓު އެސޯސިއޭޝަނަކީ ކިޔަވާ ކުދިންނަށް ޅައުމުރުން ފެށިގެން ދިރިއުޅުމުގެ ހުނަރާއި މަސައްކަތްތެރިކަމާއި އެހެނިހެން އަހުލާޤީ ސިފަތައް ކިޔަވާދެމުން ގެންދާ ޖަމުއިއްޔާއެކެވެ. މި ޖަމުއިއްޔާއަކީ ދިވެހިރާއްޖޭގައި މެމްބަރުންގެ އަދަދު އެންމެ ގިނަ އެއް ޖަމިއްޔާއެވެ.

ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ މިހާރު ހުންނަނީ ކުރިން އެފްއޭއެމް ހިންގި ހިމާރާތުގައެވެ.

tel:+9607331319