logo

މުއްތަލިބް ކަޅު ދަބަސް ގެންނެވީ އާރަށުންކަން އެނގިއްޖެ!

profile

ރިޟްވާން މޫސާ - 16 ނޮވެމްބަރު 2026 - 13:05

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ބޮޑު ކަޅު ދަބަހެއް ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ރޭ ވަޑައިގެންނެވުމާއެކު އެ ދަބަސް ގެންނެވީ އާރަށުންކަން އެނގިއްޖެ އެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ބަންދުކުރައްވާފައި ވަނިކޮށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ކަޅު ދަބަހެއް ހިއްޕަވައިގެން ރޭގެ ވަގުތެއްގައި މަޖިލީހުގެ އިދާރާ އަށް ވަދެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ އެއްވެސް މަސައްކަތެއް ތާވަލު ކުރެވިފައި ނެތީސް، ރޭގެ ވަގުތެއްގައި މުއްތަލިބުގެ އިތުރުން، ބަންޑާރަނައިބު، އަހުމަދު އުޝާމް އާއި އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދުގެ އިތުރުން، ސަރުކާރުގެ ނައިބުރައީސް، ހުސެއިން މުހައްމަދު ލަތީފް ރޭ މަޖިލީހަށް ވަޑައިގަންނަވައި، ޕީއެންސީގެ ބައެއް މެންބަރުންނާ ބައްދަލުކުރެއްވި އެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ސިފައިންގެ އޮފިސަރަކު "އަސްލުޓީވީ" އަށް ވިދާޅުވީ މިނިސްޓަރު މުއްތޮލިބް ބޮޑު ކަޅު ދަބަހެއް ހިއްޕަވައިގެން އާރަށުން ރޭ މާލެ ވަޑައިގެން ކަމަށާއި، އެ ދަބަހުގައި ހުރީ ކޮން އެއްޗެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކަޅު ދަބަހާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެކިއެކި ފަރާތްތަކުން ސުވާލުތައް އުފެދި ތަހާތު ތުހުމަތުތަކެއް ކުރެވެމުންދާ މި ދަނޑިވަޅުގައި މުއްތަލިބް ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓް މެދުވެރިކުރައްވައި އެ ދަބަހުގައި ހުރީ ކުޅޭ ސާމާނު ތަކެއް ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ މިނިސްޓަރަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ. މީކާއިލް ވިދާޅުވީ، ރޭގަނޑުގެ ވަގުތެއްގައި ފައިސާއިން ފުރިފައިވާ ކަޅު ދަބަހެއް އަޅުއްވައިގެން "ބްރަދަރ އަބްދުﷲ" މަޖިލީހަށް ވަޑައިގެންނެވި ކަމަށާއި، މިއީ ރަސްމާލެ މަޝްރޫއާ ގުޅިގެން އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ފަރާތުން މަޖިލީހުގެ ތެރެއަށް ފޯރާފައިވާ ފައިސާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319