logo
 ކުޅުދުއްފުށި މަށިކުޅި ބަލާލަން އެންމެ ހިތްގައިމީ ވިއުއިން ޕްލެޓްފޯމްގައި ހުރެ --- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު

ކުޅުދުއްފުށި މަށިކުޅި ބަލާލަން އެންމެ ހިތްގައިމީ ވިއުއިން ޕްލެޓްފޯމްގައި ހުރެ --- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު

ކުޅުދުއްފުށި މަށިކުޅި ބަލާލަން އެންމެ ހިތްގައިމީ ވިއުއިން ޕްލެޓްފޯމްގައި ހުރެ!

profile

ޒިދާން މުޙައްމަދު - 09 އޮކްޓޯބަރު 2025 - 04:32

ކުޅުދުއްފުށި ސިޓީއިން، ޒިދާން މުޙައްމަދު، އަސްލު ޓީވީ:

https://wamco.com.mv/

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓަކީ ގުދުރަތީ ގޮތުންނާއި ސަގާފީ ގޮތުންނާއި އާދަކާދައިގެ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ރަށެކެވެ. ރަށުގެ މީހުންނަކީ ސަމާސާ މިޒާޖެއްގެ އެކުވެރި ހީވާގި މަސައްކަތްތެރި ބައެކެވެ. ތިލަދުންމަތީގައި މީހުން އާބާދުވެ ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ހިމެނެއެވެ. ރަށުގެ ބޮޑުމިނުގައި 247 ހެކްޓަރު ހުރެއެވެ.

ކުޅުދުއްފުއްޓަށް ލިބިފައިވާ ހާއްސަ ކަންތައްތަކުގެ ތެރޭގައި މިރަށުގައި އޮންނަ ބޮޑު މަށި ކުޅި ހިމެނެއެވެ. އެއީ ރާއްޖޭގައި އޮތް ހަމައެކަނި މަށި ކުޅިއެވެ. ވަށައިގެން ބްރެވި ގަސްތައް ހެދިފައި އޮންނަ މި ކުޅިއަކީ ގުދުރަތީ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ލިބިފައިވާ ތަނެކެވެ. މިކުޅިއަކީ ޒަމާނުން ސުރެ މިރަށުގެ ރަމްޒެވެ. އަދި ހިޖުރަކުރާ މޫސުމުގައި މިކުޅިއަށް ތިރިކުރާ ގުޑުގުޑާދޫންޏަކީ މިރަށުގެ ރަމްޒަކަށް މިހާރު މިވަނީ ވެފައެވެ.

undefined ކުޅުދުއްފުށި މަށިކުޅި ބަލާލަން އެންމެ ހިތްގައިމީ ވިއުއިން ޕްލެޓްފޯމްގައި ހުރެ --- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު

ހަމައެކަނި މި ކުޅީގެ ހިތްގައިމުކަން ދެކިލަންވެސް އެތައް ބަޔަކު މިރަށަށް ޒިޔާރަތްކުރާއިރު، އެ ތަޖުރިބާ މިހާރު އިތުރަށް ފުރިހަމަކޮށްދެނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން މަށިކުޅި ސަރަހައްދުގައި ގާއިމުކުރި ޕްލެޓްފޯމުންނެވެ. "މަށިކުޅި ޕްލެޓްފޯމް"ގެ ނަމުގައި މި ވިއުއިން ޕްލެޓްފޯމް ތަަރައްގީކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޒިގްޒެގްއާ" ގުޅިގެން ޔޫއެންޑީޕީގެ ގްރާންޓެއްގެ ދަށުންނެވެ. އެ ގްރާންޓުގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބެޖެޓުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް މަޝްރޫއުއަށް ހަރަދުކުރިއެވެ.

އެ ތަން މިދިޔަ ސެޕްޓެމްބަހުމަހު ރަސްމީކޮށް ހުޅުވާފައިވާއިރު، ޕްލެޓްފޯމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގެ މަށިކުޅިއަކީ ރާއްޖޭގެ އެހެން ރަށްރަށުގައި ހުރި ކުޅިތަކާ ބަލާއިރު ވަރަށް ތަފާތު ކުޅިއެެއް ކަމަށެވެ. އެއީ ހުދުމަށީގެ ރާއްޖޭގެ އެންމެ ބޮޑު ކުޅިކަން މޭޔަރު ފާހަގަކުރެއްވިއެވެ. ކުޅުދުއްފުށީ ކުޅިއަކީ ރާއްޖޭގައި އޮންނަ ހަމައެކަނި މަށިކުޅިއެވެ.

undefined ކުޅުދުއްފުށި މަށިކުޅި ބަލާލަން އެންމެ ހިތްގައިމީ ވިއުއިން ޕްލެޓްފޯމްގައި ހުރެ --- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު

މޭޔަރު ވިދާޅުވީ ދިރާސާތަކުން ފެންނަ ގޮތުގައި ކުޅި، ޗަސްބިން ފަދަ ތަންތަނަކީ ކާބަންގެ ސިންކްތަކެއް ކަމަށާއި އާދައިގެ ފްރެސްޓަކަށް ވުރެ އިތުރަށް މިފަދަ ތަންތަނުގައި ކާބަން ރައްކާކުރާ ކަމަށެވެ. އެހެންކަމުން ކުޅި ފަދަ ތަންތަނަކީ ވެއްޓަށް ވަރަށް މުހިންމު ތަންތަންކަން ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުއްޓަކީ އިހުގައި ބޮޑު ދެ ކުޅިއެއް އޮތް ރަށެކެވެ. އެގޮތުން ދެކުނު ކޮޅުގައި އޮތް ކުޅީގެ ސަރަަހައްދު މިހާރު އެކީހެން ހިއްކާފައިވާއިރު އުތުރު ކޮޅުގައި އޮތް މަށިކުޅީގެ ބޮޑު ސަރަހައްދެއް ވެސް ހިއްކައި، މިރަށުގައި ވަނީ އެއާޕޯޓް ތަރައްޤީކޮށްފައެވެ. ނަމަވެސް، އެއާޕޯޓްގެ ދެ ފަޅީގައި ކުޅީގެ ބޮޑު ސަރަހައްދެއް މިހާރު ވެސް އެބަ އޮތެވެ.

undefined ކުޅުދުއްފުށި މަށިކުޅި ބަލާލަން އެންމެ ހިތްގައިމީ ވިއުއިން ޕްލެޓްފޯމްގައި ހުރެ --- ފޮޓޯ: ޒިދާން މުޙައްމަދު/ އަސްލު

މި ކުޅިއަކީ ޤުދުރަތީ ގިނަ ދިރުންތަކެއް އުފެދި އާލާވަމުން އަންނަ ވެއްޓެކެވެ. އެގޮތުން، މި މާޙައުލު ވެގެންގޮސްފައިވަނީ ގިނަ ޢަދަދެއްގެ ދޫނިސޫފާސޫފީގެ އިތުރުން މަސްމަހާމެހި އުޅޭ ވެއްޓަކަށެވެ. އަދި ހަމަ މިއާއިއެކު މި ސަރަޙައްދަކީ ކުޅުދުއްފުށީގެ ރައްޔިތުން ކާންބޯންކުރާ މަސައްކަތުގެ ބޮޑުބައެއް ހިއްސާކުރާ ތަނެކެވެ. އެގޮތުން، ކުޅުދުއްފުށީ މަޝްހޫރު ރޯނު ވެށުމަށް ބޭނުންކުރާ ބޮނބި ފާކުރުމަށް ލައި އުޅުނީ މި ކުޅީގައި ހަދާފައިހުންނަ އޮޅުތަކަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay