logo

އެއްވެސްތާކު އަނިޔާވެރިކަން އޮތުމަށް ރައީސް ނޭދޭނެ: ވަޒީރު އާދަމް ނަސީރު

profile

އާމިނަތު ޝަފާ - 26 ޖުލައި 2024 - 22:11

މިނިސްޓަރ އާދަމް ނަސީރު ވާހަކަފުޅު ދައްކަވަނީ

މިނިސްޓަރ އާދަމް ނަސީރު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ދުނިޔޭގެ އެއްވެސް ތާކު އަނިޔާއާއި ނާއިންސާފު އޮތުމަށް ހިތްވަރު ދެއްވާނެ ބޭފުޅެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އާދަމް ނަސީރުގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ރައީސް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅު ފާހަގަކުރައްވައިފައެވެ.

އަދި ދުނިޔޭގެ އެއްވެސް ތާކު އަނިޔާއާއި ނާއިންސާފު އޮތުމަށް ރައީސް އެދިވަޑައިނުގަންނަވާނެކަމުގެ އެންމެ އަލިގަދަ ހެއްކަކީ ފަލަސްތީނުގެ މުސްލިމުންނަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމުގައި މަނިކުފާނުގެ ދުއާފުޅުގައި އަޅުގަނޑުމެން އެންމެ ބައިވެރިވަމު. ފަަސްތީނުގެ އުހުއްވަތްތެރި ރައްޔިތުންނަށް ނަސްރާއި ކާމިޔާބު މިންވަރުކުރައްވާށި.

މި އަހަރުގެ މިނިވަން ދުވަހުގެ ޝިއާރެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ "ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން" މި ޝިއާރެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޒިންމާތަކުގެ ތެރެއިން އެކަށައަޅުއްވައިގެން ކުރިއަށް ގެންދަވާ ދިވެހި ގައުމިއްޔަތުގެ ހާއްސަ މަޝްރޫއުގެ މުހިންމު އެއް ބަޔަކީ އަމިއްލަވަންތަކަމެވެ. މިނިވަން ދުވަހުގެ ޝިޢާރު ގުޅިފައި ވަނީ ގައުމިއްޔަތުގެ އެ މުހިންމު ސިފައާއެވެ.

tel:+9607331319