
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް
އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށް ތެލެސީމީއާ ޕޭޝަޓުންނަށް ޚާއްސަ އެލަވަންސެއް ތައާރަފްކުރަނީ

އައިޝަތު އިބްރާހިމް - 22 އޮކްޓޯބަރު 2025 - 06:11
2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް އިތުރުކުރައްވައި، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސް ވެސް ތަޢާރަފުކުރައްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ އެކަށައަޅުއްވާފައިވާކަން އެމަނިކުފާނު މިރޭ ވަނީ އިޢުލާންކުރައްވާފައެވެ.
އަދި ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ މަގުން، ޖުމުލަ 11.7 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކުރުރެއްވުމަށް މަގުފަހިކުރެއްވުމަށްޓަކައި، މީގެ ކުރިން ސަރުކާރުން ހަވާސާކޮށްފައިވާ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމުގެ ގޮތުން، ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.
އަދި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމުލަ 12،000 ރުފިޔާ އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަކީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ނައިފަރުގައި 10 ހެކްޓަރުގެ ބިން ހިއްކައިފި
23 މިނިޓު ކުރިން

ގައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ފަށައިފި
2 ގަޑިއިރު ކުރިން

ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ
3 ގަޑިއިރު ކުރިން

އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމްގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ: ވަޒީރު އާދަމް ނަސީރު
3 ގަޑިއިރު ކުރިން


