
ރަމަޟާން މަހު، ދީނީ އަގީދާ ވަރުގަދަ ކުރުމާއެކު ހަވާލުކުރެވިފައިވާ ޒިންމާވެސް އަދާ ކުރުން މުހިންމު: މެޑަމް ސާޖިދާ

އައިޝަތު އިނާޝާ - 17 ފެބްރުއަރީ 2026 - 21:15
އަޅުގަނޑުމެން ރަމަޟާން މަހާ ކުރިމަތިލާއިރު، ދީނީ އަގީދާ ވަރުގަދަ ކުރުމާއެކު ހަވާލުކުރެވިފައިވާ ޒިންމާވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ކޮންރެސް ޕާޓީގެ ވިމެންސް ވިންގް ގެ ފަރާތުން މިރޭ ބޭއްވި މާހެފުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ސާޖިދާގެ ވާހަކަފުޅުގައި އާންމުކޮށް އަޅުކަންކުރާ މިންވަރަށް ވުރެ ރަމަޟާން މަހު އަޅުކަން ގިނަ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. ހަމަ އެއާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިއެވެ. ދުނިޔެއާއި އާހިރަތުގެ ދެބައިވެސް ހަމަހަމަ ކުރަންޖެހޭކަން ފާހަގަ ކުރައްވަމުން ސާޖިދާ ވިދާޅުވީ އަޅުގަޑުމެން ރަމަޟާން މަހާ ކުރިމަތިލާއިރު، ދީނީ އަގީދާ ވަރުގަދަ ކުރުމާއެކު ހަވާލުކުރެވިފައިވާ ޒިންމާވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ރަމަޟާން މަހާ ކުރިމަތިލާއިރު، އެކަކު އަނެކަކަށް ބަދު ބަސް ބުނެ ފުރައްސާރަ ކުރުމުން ދުރުވާނެޖެހޭ ކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ މީހުންނާ ކުރިމަތިލާއިރު އަދަބު އިހުތިރާމް ކުރުމަކީ ދީނީ ގޮތުންވެސް މުހިންމު ކަމެއް ކަމަށެވެ.
މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އަޅުގަޑުމެންނަކީ އަހުލާގު ރަނގަޅު މީހުންނަށް އިހުތިރާމް ކުރާ ބައެއް ކަމުގައި ވުމަށް: ސާޖިދާ
ސާޖިދާ ވަނީ މި އަޒުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެންޕެއިން ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފައެވެ.
މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ކޮންގްރެސް ޕާޓީގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރަމްޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު އަދި އެކި އިދާރާތަކުން އެކި ފެންވަރުގައި މާހެފުން ބާއްވާފައިވެއެވެ.






.gif&w=3840&q=75)