
ނޫސްވެރިންތަކެއް ތިބީ ސަރުކާރާއި އީގަލް ކުންފުނީގެ ދަށުވެފަ، އެއީ ފާޑެއްގެ ބްލެކްމެއިލް އެއް: އަލީ ހުސެއިން

ރިޟްވާން މޫސާ - 16 ނޮވެމްބަރު 2026 - 11:22
ދިވެހި ނޫސްވެރިންތަކެއް ތިބީ ދުބާއީގެ އީގަލް ހިލްސް ކުންފުންޏާއި، ދިވެހި ސަރުކާރުގެ ދަށުވެފައި ކަމަށާއި، އެއީ ގޮތަކަށް ބްލެކްމެއިލް އެއް ވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ގައުމީ ހަރަކާތުގެ ޕްކޯސްޕާސަން އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަސްލުޓީވީ"ން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ހުސެއިން ވިދާޅުވީ ރާއްޖެ އަށް އަންނަ އެއްވެސް އިންވެސްޓަރކު މީގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ އާއި ކެބިނެޓާއި ބައްދަލުކޮށްފައި ނުވާ ކަމަށެވެ.
ނޫސްވެރިން ތަކެއް ދާދި ފަކުން ދުބާއީގެ އީގަލް ހިލްސް ކުންފުނީގެ ދައުވަތަކަށް ދުބާއީ އަށް ގޮސްފައިވާ ވާހަކަ އަށް އިޝާރާތްކުރައްވައި އަލީ ހުސއިން ވިދާޅުވީ ދިވެހި ނޫސްވެރިންގެ ތެރެއިން ބަޔަކު ދުބާއީ އަށް ދިޔަ ކަމަށާއި، އެބޭފުޅުން އެތިއްބަވަނީ ފާޑަކަށް އެކުންފުނީގެ ދަށުވެފައި ކަމަށެވެ.
ރަސްމާލޭގެ 500 ހެކްޓަރު އެކުލެވޭ ބޮޑު ސަރަހައްދެއް ދުބާއީގެ ކުންފުންޏަކަށް ދިނުމާއި ގުޅޭގޮތުން އަލީ ހުސެއިން ވިދާޅުވީ އެއީ ސަރުކާރުން ނަހަމަ ގޮތުގައި ރައްޔިތުންގެ އަގުހުރި ބިންތައް ބޭނުން ކުރުން ކަމަށާއި، ސަރުކާރަކުން އެފަދަ ކަމެއް ކުރެއްވި ކަމުގައިވިނަމަވެސް ރައްޔިތުންގެ ޖަވާބެއް އެކަމުގައި ހޯއްދަވަން ޖެހޭނެ ކަމަށެވެ.
އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވާއިރު ރަސްމާލޭގެ މައްސަލަ އާއި ގުލޭގޮތުން އެއްވެސް ރައްޔިތެއްގެ ބަހެއް ނުހޯއްދަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަނީ ދާދި ފަހަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އަކްޝޭގެ ސައިންސް ފިކްޝަން ތުރިލާ ފިލްމު "ސަމުކް" ގެ ފުރަތަމަ ޕޯސްޓަރު ނެރެފި
11 ގަޑިއިރު ކުރިން

މެޑިޓަރޭނިއަން ޗިކްޕީ ސަލަޑް: ސިއްހަތަށް ފައިދާހުރި އަދި މީރު ޗޮއިސްއެއް!
11 ގަޑިއިރު ކުރިން

ހިނިތުންވާ ކޮންމެ މީހަކީ އުފަލުގައި އުޅޭ މީހަކަށް ނުވެދާނެ؛ މީހުންނާ މެދު އޯގާތެރިކަން އިސްކުރޭ!
11 ގަޑިއިރު ކުރިން

ސްޕެއިންގެ 43 މެޗުގެ ރެކޯޑް އިންގްލެންޑުން ނިމުމަކަށް ގެނެސްފި
11 ގަޑިއިރު ކުރިން


