
އައްޑޫ އިން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި

މުޙައްމަދު ފަޟްލޫން - 05 ޑިސެމްބަރު 2025 - 08:30
މަސްތުވާތަކެތީގެ މައްސަލައިގައި އައްޑޫ އިން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން އަލިމަގު ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހެއްގެ މައުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.
އައްޑޫ ސިޓީ ހިތަދޫ އިން ފުލުހުން ހައްޔަރު ކޮށްފައިވަނީ 5 މީހުންނެވެ.
މި މީހުންނަކީ ސ.ހިތަދޫ ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ އިން ހައްޔަކުރި މީހުންނަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ،
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި އައްޑޫގައި ކުރަމުންދިޔަ ނެޓްވޯކްގެ އިސް މީހުން ހޯދައި ތަހުގީގް ކުރުމުގެ މަސައްކަތް ކުރިއްސުރެ ދިޔައީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އޮޕަރޭޝަން އަލިމަގަކީ މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ނައްތާލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ރައީސްގެ އިސްނެންގެވުމުގެ މަތިން ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެކެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކޮށް، ނައިބުންނަށް އިނާޔަތްލިބޭ ބިލު ރައީސް ތަސްދީގު ކުރައްވައިފި
4 ގަޑިއިރު ކުރިން

ވޭޕް ވިއްކި ބަޔަކު ހުއްޓުވައި، އެކަކު ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޒަކާތުގެ ފުރަތަމަ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި
5 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ކުލި ކައުންސިލްތަކަށް ލިބޭގޮތައް އިސްލާހުގެނައި ބިލް ރައީސް ތަސްދީގުކުރައްވައިފި
6 ގަޑިއިރު ކުރިން


