logo
 ދައުލަތުން ދައުވާ އުފުލި ލ.ފޮނަދޫ ހޯރަވިލާ، އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާން،،، ފޮޓޯ: ފުލުހުން

ދައުލަތުން ދައުވާ އުފުލި ލ.ފޮނަދޫ ހޯރަވިލާ، އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާން،،، ފޮޓޯ: ފުލުހުން

ލ. ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔަޔަށް އެއް މިލިއަން ރުފިޔާ ދައްކަން ނައުސާންގެ މައްޗަށް ހުކުމްކޮށްފި

profile

އާމިނަތު ޝަޒްލާ - 26 އޮކްޓޯބަރު 2026 - 14:24

ލ. ކައްދޫ ލިންކް ރޯޑުގެ ކަފިހިހުރަހުން ހިނގާފައި ދިޔަ ދެ މީހެއްގެ ގައިގައި ބާރު ދުވެލީގައި ދުއްވި ސައިކަލަކުން ޖެހި އަންހެނަކު މަރުވި ހާދިސާގައި، ސައިކަލު ދުއްވި މީހާގެ މައްޗަށް ޖަލު އަދަބެއް ކަނޑައަޅައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

https://wamco.com.mv/

މި ހާދިސާގައި ދައުލަތުން ދައުވާ އުފުލި ލ.ފޮނަދޫ ހޯރަވިލާ، އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާންގެ މައްޗަށެވެ. އޭނާ ގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ.

ކައްދޫ އެއާޕޯޓު ކައިރިން ކަފިހި ހުރަހަކުން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ނައުސާން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، އެ ސައިކަލުން ޖެހިފައިވަނީ އެ ވަގުތު ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ ލ. މާވަށު އެތުމާ، މަރްޔަމް މޫސާ އާއި އޭނާގެ މާމަދަރިފުޅުގެ ގައިގައެވެ. އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރްޔަމް މޫސާ ވަނީ ނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން ނައުސާންގެ މައްޗަށް ދައުލަތުން އުފުލީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. ޝަރީއަތުގައި މައްސަލަ އޮއްވައި ނައުސާން ވަނީ ދައުވާއަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. އެހެންވެ، މެޖިސްޓްރޭޓް ކޯޓުން ވަނީ އިއުތިރާފުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

އިއުތިރާފު އެއްބަސްވުމުގެ މައްޗަށް ރިއާޔަތްކޮށް ނައުސާންގެ މައްޗަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. މައްސަލައިގެ ބަންދުގައި އޭނާ އެއް އަހަރާއި ދެ މަސް ހޭދަކޮށްފައިވާތީ އިތުރަށް ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ. ކުށުގެ ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމްގައި އަންގާފައިވެއެވެ.

މީގެ އިތުރުން، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ، މައްޔިތާގެ ވާރިސުން ކަމަށްވާ އޭނާގެ ފިރިމީހާ އާއި ހަތަރު ފިރިހެން ދަރިންނާއި ހަތަރު އަންހެން ދަރިންނަށް ދިނުމަށް ވަނީ އަންގާފައެވެ. އެ ފައިސާ ދައްކަން އަންގާފައިވަނީ 36 މަސް ދުވަހުގެ ތެރޭގައެވެ.

މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ނައުސާންގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ ވެސް އުފުލިއެވެ. އެ ދައުވާއަށް ވެސް އޭނާ އިއުތިރާފުވެފައިވާއިރު އަދަބެއްގެ ގޮތުގައި އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

https://wamco.com.mv/
tel:+9607331319