logo

ހަފްތާއެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކޮށްފި

profile

އައިޝަތު އިނާޝާ - 17 ޑިސެމްބަރު 2025 - 05:35

ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، ވަކީން ޚާއްޞަ އިސްކަމެއްދީގެން ކުރި މަސައްކަތުން، ހަފްތާއެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ މަޝްވަރާބައްދަލުކުރެއްވުންތަކުގެ ތެރެއިން، މާލޭ ސިޓީގެ ގަލޮޅު އަވަށުގެ ރައްޔިތުންނާއެކު ކުރިއަށްގެންދެވި ބައްދަލުކުރެއްވުމުގައެވެ.

ޢިމާދުއްދީން ސްކޫލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާބައްދަލުކުރެއްވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންނާއެކު ކުރިއަށްގެންދެވުނު މިފަދަ މަޝްވަރާ ބައްދަލުވުންތަކުގައި ޙިއްސާކުރެވިދިޔަ ބައެއް ކަންބޮޑުވުންތަކުގެ ތެރެއިން، އެމަނިކުފާނުގެ ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލު ކުރައްވަމުން ގެންދަވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކާ ގުޅިފައިވާ މަސާޖްޕާލާތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތަކީ މީގެ ކުރިންވެސް ޤަވާޢިދުން ކުރެވެމުންދިޔަ ކަމެއްނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު، ވަކީން ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުން، ހަފްތާއެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 24 ތަނަކީ މިހާރު ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ބަންދުކުރެވުނު ތަންތަން ކަމަށާ، ދެން ހުރި ތަންތަނަކީ، މިވަރުގަދަ އޮޕަރޭޝަން ކުރިއަށްދިއުމާއެކު އެބަޔަކު އަމިއްލައަށް ބަންދުކުރި ތަންތަންކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު، މި އޮޕަރޭޝަން އަދިވެސް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލައަކީ މިރޭގެ ބައްދަލުވުމުގައިވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ފާހަގަކުރެއްވި މައްސަލައަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަހައްމިއްޔަތު ތަކުރާރުކުރައްވާފައެވެ. އެގޮތުން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ހަރަކާތްތެރިވާން އޮތް ފުރުޞަތުތައް ބަންދުކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަރުގަދަ ކުރައްވާފައިވާއިރު، ނުޤަވާޢިދުން ބިދޭސީން ހިންގަމުންދިޔަ 38 ވިޔަފާރިއެއް، 2 ހަފުތާ ތެރޭގައި ބަންދުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay