logo

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޑރ. ޝަހީމް ފުވައްމުލަކަށް

profile

އައިޝަތު އިނާޝާ - 22 ނޮވެމްބަރު 2024 - 13:45

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު  (ފޮޓޯ/ ރައީސް އޮފީސް)

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ފޮޓޯ/ ރައީސް އޮފީސް)

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ކޮލެޖުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމުގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމާއި، ޙިފްޡު ކޮމިޓީ އަދި ޚުޠުބާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމާއި، ޙާފިޡުންނާއި ބައްދަލުކުރެއްވުމާއި އެ ސިޓީގެ އިމާމުންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުވައްމުލަކު ސިޓީގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވާލެއްވުމާއި ވަޤުފް އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހުއެވެ.

https://int.etukuri.mv/
tel:+9607331319