ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައިވާ މެޑިކަލް ސްކޫލުގައި ކިޔެވުމަށް އެއް ގައުމަކުން 500 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ ނަޒީރު މީޑިޔާއަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގައި ކިޔެވުމަށް ބޭރުގެ ގިނަ ގައުމުތަކުން އެޕްލިކޭޝަން ލިބެމުންދާ ކަމަށާއި، އެ ގޮތުން އެއް ގައުމަކުން 500 އަށްވުރެން ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.
މެޑިކަލް ސްކޫލުގައި ޖާގައިގެ ދަތިކަން ހުރުމާއެކު، އެ ފުރުސަތު ބޭރުގެ ދަރިވަރުންނަށް ދެވިފައިނުވާކަމަށް ނަޒީރު ވަނީ ވިދާޅުވެފައެވެ. އެ ފުރުސަތު ދެވިފައި ނުވަނީ ރާއްޖޭގެ ދަރިވަރުންގެ ވެސް ޑިމާންޑް އެކަމަށް އޮތުމުން ކަމަށްވެސް ނަޒީރު ވަނީ ވިދާޅުވެފައެވެ.
"ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ފަހިކުރުމަށް ހުޅުމާލޭގައި ޖާގަ ތަނަވަސް މެޑިކަލް ސްކޫލެއް ގާއިމްކުރުމަކީ އަމާޒެއް" ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ މި ފަސް އަހަރުގެ ދައުރުގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ 20،000 ކުދިންގެ ތެރެއިން 5 އިންސައްތައަކީ ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ހެދުން އެއީ އަމާޒު ކަމަށާއި، އެކަމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.