logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ގައި ބާއްވަން ހަމަޖެހިއްޖެ

profile

މުޙައްމަދު ފަޟްލޫން - 26 އޮކްޓޯބަރު 2026 - 11:16

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ނޮވެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ސެންޓްރަލް ޕާކުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މަތީ ދަރަޖަހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ވަނީ ހަމަޖެހިފައެވެ.

ހާއްސަ އިނާމަކީ އިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ހިތްވަރާއެކު ހޯދާ ކާމިޔާބީ ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

ހާއްސަ އިނާމް ލިބޭ ފަރާތްތައް ހޮވާނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ އިނާމާ ބެހޭ ކޮމިޓީއިންނެވެ.

ހާއްސަ އިނާމްގެ ގޮތުގައި ދެއްވާނީ މެޑަލް އާއި ހަނދާނީ ލިޔުމެކެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ދައުލަަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދެނީ ދައުލަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމްގެ ގޮތުގައި ދެއްވަނީ ޝަރަފުގެ ބެޖަކާއި އައްޑަނަ އަކާއި ހަނދާނީ ލިޔުމެކެވެ.

https://wamco.com.mv/
tel:+9607331319