logo

ދިއްގަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފަސްޓް ލޭޑީ މާލެ ވަޑައިގެންފި

profile

އައިޝަތު އިނާޝާ - 15 ނޮވެމްބަރު 2024 - 09:30

ފޮޓޯ: ރައީސް އޮފީސް

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މ. ދިއްގަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެކަމަނާ ވަނީ، ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް އެ ރަށުގައި ކުރިއަށްގެންދިޔަ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައެވެ. އަދި ދިއްގަރުގެ 16 އަހަރުން މަތީގެ އާބާދީގެތެރެއިން ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ އާބާދީއަށް އަމާޒުކޮށް، "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް"ގެ ނަމުގައި ފަރުމާކޮށްފައިވާ ޚާއްޞަ ޕްރޮގްރާމް އެކަމަނާ ވަނީ އިފްތިތާޙު ކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގައި ދިއްގަރު ސިއްޙީ މަރުކަޒުގައި ޤާއިމުކުރި ނޮން-ކޮމިއުނިކަބަލް ޑިޒީޒް ކްލިނިކް ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ކްލިނިކްވެސް އެކަމަނާ ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

ބައިނަލްއަޤުވާމީ ގޮތުން، ހަކުރުބަލީގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މިއަހަރުގެ ހަކުރު ބަލީގެ ދުވަހަށް އިންޓަނޭޝަނަލް ޑައިބިޓީސް ފެޑަރޭޝަނުން ކަނޑައަޅުއްވާފައިވާ ޝިޢާރު ކަމަށްވާ، "ހަކުރުބައްޔާއި ދުޅަހެޔޮކަން" މި ޝިޢާރުގެ ދަށުން ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އިސްކަންދެވޭނެއެވެ.

https://wamco.com.mv/
tel:+9607331319