logo

މި ސަރުކާރު އައިފަހުން އާއްމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ: ވަޒީރު ތޯރިގް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 11 ނޮވެމްބަރު 2024 - 12:45

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގު ވެރިކަމުގެ ޒިންމާތަކާއި ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި 52 ހަފްތާގެ ތެރޭގައި އާއްމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު އިބްރާހީމް ތޯރިގް ވިދާޅުވެއްޖެއެވެ.

ފާއިތުވި 52 ހަފްތާގެ ތެރޭގައި އެ ވުޒާރާއިން ކުރި މަސައްކަތާ ގުޅޭގޮތުން ވަޒީރު ދެއްވި ތަގުރީރުގައި ވިދާޅުވީ ފާއިތުވި ހަފްތާތަކުގައި ރާއްޖޭގެ ތަރައްގީއާއި އާއްމު ފަރުދުންގެ ދިރިއުޅުމަށް ނުހަނު ބޮޑު ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން، މި ސަރުކާރުން، ރާއްޖޭގައި ފާއިތުވީ އަހަރުތަކުގައި ފަރުވާކުޑަވެފައިވާ ވަރަށް ގިނަ ކަންކަން ރަނގަޅުކޮށް، އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ސަރުކާރުން މިދަނީ ރާއްޖޭގައި މީގެކުރިން ފާއިތުވީ އަހަރުތަކުގައި ފަރުވާކުޑަވެފައިވާ ވަރަށް ފިނަ ކަންކަން ރަނގަޅުކޮށް، އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަމުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސްގެ އިރުޝާދާ ލަފާފުޅުގެ މަތިން، ގިނަ މަސައްކަތްތަކެއް އެ ވުޒާރާއިން ވެސް ހޯދާފައިވާ ކަމަށެވެ.


https://int.etukuri.mv/
tel:+9607331319