logo

ކޭޕާކު އެޕާޓްމަންޓުތައް މާޗު މަހުގެ ނިޔަލަށް ނިންމަން އަންގައިފި

profile

ޝުރުފާ މުހައްމަދު - 01 ޑިސެމްބަރު 2024 - 19:35

 ހުޅުމާލޭގައި ހަދަމުންދާ ކޭ-ޕާކު ރެޑިޒެންސް

ހުޅުމާލޭގައި ހަދަމުންދާ ކޭ-ޕާކު ރެޑިޒެންސް

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކު ރެސިޑެންސްގެ އެޕާޓްމަންޓުތައް އަންނަ އަަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމަން، އެ މަޝްރޫއު ހަވާލުކޮށްފައިވާ ހަންބޯ ކޮމްޕެނީ ލިމިޓެޑަށް އަންގާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ެހުޅުމާލޭގައި ޕްރައިވެޓް ރެސިޑެންސީ ގާއިމްކުރުމަށް ކޮރިއާގެ ހަންބޯ ޓެކް ކުންފުންޏާ ހަވާލުކުރީ 2016 ވަނަ އަހަރުގަ އެވެ. އެ މަޝްރޫއުގެ ދަށުން 'ކޭ ޕާކް ރެސިޑެންސް'ގެ ނަމުގައި ހަދަން ފެށި އެޕާޓުމަންޓް އިމާރާތް ނިންމަން އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ ދެ އަހަރެވެ. އެކަމަކު އެ މަޝްރޫ އަށް މިހާރު 8 އަހަރުވެފައިވާއިރު އަދިވެސް އެޕާޓްމަންޓުތަކުގެ މަސައްކަތް ހުރީ ނުނިމި އެވެ.

މި މަޝްރޫއާ ހަވާލުވި ހަންބޯ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) އެ ޕާޓްމަންޓްތައް މަކަރާ ހީލަތުން ވިއްކާ އެ ފައިސާގެ ބޭނުން ކޮށްފައިވާ ކަމަށް ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވެ މިހާރު ވަނީ އެ މައްސަލާގެ ޝަރީއަތްވެސް ފަށާފަ އެވެ.

އެހެންވެ މި މައްސަލާގައި އެޗްޑީސީން އަމަުކޮށްފައިވާގޮތް ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެމްބަރު އެދިފައިވާ މައުލޫމާތުތައް އެޗްޑީސީން ހިއްސާކޮށްފައިވާއިރު އެ މައުލޫމާތުތަކުގައިވާގޮތުން އެ މަޝްރޫއު ނުނިމި ލަސްވާތީ މަޝްރޫއުގެ މުއްދަތު އެޗްޑީސީން ވަނީ އެކި ފަހަރު މަތިން އިތުރުކޮށްދީފަ އެވެ. އެގޮތުން އާ އެއްބަސްވުމުގެ އިސްލާހެއްގައި ސޮއިކުރުމަށް އެޗްޑީސީގެ ބޯޑުން އެންމެ ފަހުން ފާސްކޮށްފައިވަނީ 9 ސެޕްޓެމްބަރު 2024 ގަ އެވެ. މި އިސްލާހުގައި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 30 މާޗު 2025 އެވެ.

އެކަމަކު މި އެއްބަސްވުމުގައި ސޮއިކުރި ކަން އަދި ލިޔެކިޔުމުން އެނގޭކަށް ނެތެވެ.

https://wamco.com.mv/
tel:+9607331319