logo

ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނުގެ 4 ވަނަ ބެޗް ތަމްރީނުތަކަށް ފުރައިފި!

profile

ޖިނާން ޙުސައިން ޖަބީން - 13 އޮކްޓޯބަރު 2026 - 13:49

ގައުމުދެކެ ލޯބިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ދިވެހި ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 4 ވަނަ ބެޗުގެ ދަރިވަރުން، ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ޅ. މާފިލާފުށްޓަށް ފުރައިފިއެވެ.

https://wamco.com.mv/

ރާއްޖޭގެ 20 އަތޮޅެއްގެ 126 ރަށަކުން މި ބެޗުގައި ޖުމްލަ 351 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ 287 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މި ދަރިވަރުންގެ ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި، 14 ހަފުތާގެ މުއްދަތަށެވެ.

ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގއަކީ ވަތަނީ ހިދުމަތާ އަލަށް ގުޅޭ މެންބަރުން ބިނާކުރުމަށް ފަރުމާކުރެވިފައިވާ ހާއްސަ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ސައްހަ އަގީދާއާއި ތަރުބިއްޔަތުގެ އިތުރުން ރިވެތި އަހްލާގާއި ސުލޫކު ދަސްކޮށްދެވޭނެއެވެ. އަދި މީގެއިތުރުން، ލީޑަރޝިޕް ހުނަރުތަކާއި، ޖިސްމާނީ ހަށިހެޔޮކަން އިތުރުކުރުމާއި ދިރިއުޅުމުގެ އަމަލީ މައިދާނަށް ކޮންމެހެން ބޭނުންވާނެ މުހިންމު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އިސްލާމީ އަގީދާގެ މަތީގައި ސާބިތުވެތިބޭ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމަށް ވަފާތެރި ޒިންމާދާރު ޒުވާނުންތަކެއް މުޖުތަމައަށް ނެރެދިނުމެވެ. އަދި ވަތަނީ ހިދުމަތުގެ މި ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒުވާނުން ބިނާކުރުމަށް ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު އެއް ސިޔާސަތެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ފުރިހަމަކުރިކަމުގެ ރަސްމީ ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ކަމާގުޅޭ ބައިތައް ފުރިހަމަކުރާ ދަރިވަރުންނަށް ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ފަދަ މުހިންމު ދާއިރާތަކުން ވެސް ސެޓްފިކެޓް ލިބިގެންދާނެއެވެ.

ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނުގެ މިހާތަނަށް 3 ބެޗެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އެ ތަމްރީނުތަކުގެ ޒަރީއާއިން ޖުމްލަ 1،028 ޒުވާނުން ވަނީ ގައުމީ ހިދުމަތަށް ތައްޔާރުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319