logo

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ މިނިސްޓަރާއެކު މަޝްވަރާކޮށްފި

profile

އައިޝަތު އިނާޝާ - 24 ސެޕްޓެމްބަރު 2024 - 13:15

މިނިސްޓަރ ޠާރިޤް އިބްރާހިމް އާއި އިނގިރޭސިވިލާތުގެ މިނިސްޓަރ ކެރީ މެކާތީ- ފޮޓޯ: އެންވަރެންމެންޓް މިނިސްޓްރީ

މިނިސްޓަރ ޠާރިޤް އިބްރާހިމް އާއި އިނގިރޭސިވިލާތުގެ މިނިސްޓަރ ކެރީ މެކާތީ- ފޮޓޯ: އެންވަރެންމެންޓް މިނިސްޓްރީ

ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށްކުރާ ދަތުރުގެ ތެރެއިން، އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް އިނގިރޭސިވިލާތުގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކަންތައްތަކާ ހަވާލުވެ ހުންނެވި މިނިސްޓަރ ކެރީ މެކާތީއާ ބައްދަލު ކުރައްވައިފިއެވެ.

އެންވަޔަރެންމެންޓް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ހަކަތައިގެ ދާއިރާއާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މި ދާއިރާތަކުން އިސްކަންދޭ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުން ދިވެހިރާއްޖޭގައި ތަންފީޒުކުރަމުންދާ މަޝްރޫޢުތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ބެލެވޭ ކަމަށެވެ.

އަދި ދެ ޤައުމުގެ މެދުގައި މި ދާއިރާއިން ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދުކުރެވެ ކަމަށް މިނިސްޓްރީން ބުނެއެވެ.

https://wamco.com.mv/
tel:+9607331319