logo

ގުރައިދޫ މަރުކަޒުން 29 މީހަކު އާއިލާތަކާ ހަވާލު ކުރަނީ

profile

އަހުމަދު ޒަލީފު - 09 ފެބްރުއަރީ 2024 - 14:31

ގުރައިދޫގައި ހުންނަ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ގުރައިދޫގައި ހުންނަ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 29 މީހަކު ޢާއިލާއާ ހަވާލުކުރުމުގެ މަސައްކަތްކުރަމުން އަންނަ އާއިލާތަކާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރޭ ފޭސްބުކްގައ އާންމުންނަށް ސުވާލު ވެސް ކުރެވޭ ގޮތަށް ފެށި ފުރަތަމަ ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ މަރުކަޒުގައި ތިބޭ މީހުންނާ ޢާއިލާތަކުން ޙަވާލުނު ވާ މައްސަލަ ބޮޑު މިކަމުގައި ރަނގަޅު ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރައްވައިފަ އެވެ.

"ޢާއިލާތަކުން ހަމަ މަސައްކަތްކޮށްގެން ވަރަށް ބޭނުންވެގެން އެ މީހުން އެބަގެންދޭ. މިހާރު އަޅުގަނޑު ހިތުން ގާތްގަނޑަކަށް ނަވާވީސް މީހަކު އެބަ ތައްޔާރުވެފަ އެބަތިބި އަނބުރާ ޢާއިލާތަކަށް ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ. "މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ވެސް ޢާއިލާތަކުން ހަމަ އެގޮތަށް އެބަ ބަލައިގަނޭ."

މިނިސްޓަރު ވިދާޅުވީ ޢުމުރުން ދުވަސްވުމާއެކު އެންމެ މުހިއްމު އެއް ކަމަކީ ޢާއިލީ ވެއްޓެއްގައި އެ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ލިބޭނެ ފަދަ މާޙައުލެއްގައި ތިބުން ކަމަށެވެ. އަދި އެކި ސަބަބުތަކަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގުރައިދޫ މަރުކަޒުގައި އެކި މުވައްސަސާތަކުގެ އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

https://int.etukuri.mv/
tel:+9607331319