logo

މެމްބަރުންނަކީ ސަރުކާރާ ރައްޔިތުންނާ ދޭތެރޭ އަޅާދޭ ބްރިޖެއް : ޝިޔާމް

profile

މަރްޔަމް ލީމް އަބޫބަކުރު - 20 ނޮވެމްބަރު 2024 - 19:16

 ފިޝަރީޒް މިނިސްޓަރ އަސްލު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން---

ފިޝަރީޒް މިނިސްޓަރ އަސްލު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން---

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސަރުކާރާ ރައްޔިތުންނާ ދޭތެރޭ އަޅާދޭ ވަރަށް ވަރުގަދަ ބްރިޖެއް ކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިހެން މިނިސްޓަރ ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގާނޫނު އަސާސީގެ ބިލާ ގުޅޭގޮތުން އަސްލު ޓީވީއަށް ދެއްވި ޙާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ވަކިން ޚާއްސަކޮށް ރަށްތައް ތަރައްގީކުރުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތައް ސަރުކާރުން ތަންފީޒުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު މުހިންމުކަމަށެވެ. އަދި އެ އިރެއްގައި އޮންނަ ސަރުކާރުގެ މެމްބަރުންގެ ދައުރު ތަރައްގީ ހާސިލްކުރުމުގައި މުހިންމުކަން ސަގާފަތުން ބުނެދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު ހޭދަކޮށްފައިވާ މެމްބަރަކަށް ވީތީ ސަރުކާރަކާއެކު ރައްޔިތުންގެ ވަރަށް ބޮޑެތި އުންމީދުތަކެއް ވާނެކަން އެނގިވަޑައިގަންނަވާކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ "ފްލޯ ކްރޮސިންގް" ގާނޫނެއް އޮތުން މުހިންމުކަމާއި އެއީ ޕާޓީއަކަށް ލިބޭ ގެއްލުމަކަށް ވުރެން ބޮޑަށް ރައްޔިތުންނަށް ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށް ކަމަށެވެ. އަދި ގާނޫނު އަސާސީން ބާރު ލިބިދޭ ގާނޫނެއް އޮންނަންވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރައްޔިތުން އެދޭ ގޮތަށް މި ބާރުވެރިކަން މިދެނީ ރައްޔިތުން ބޭނުންވާގޮތަށް އެ ގާނޫނު، ގާނޫނު އަސާސީން ބާރުދޭ ގާނޫނަކުން މިކަންތައްތައް ކުރެވޭ ގޮތަށް އޭގަ އޮތީ." މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިއަށް ވުރެން ރަނގަޅަށް މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން ޔަގީންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުން މިކަން ކުރަން އެންމެ ބޮޑަށް އެދޭނެ ގޮތް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

https://int.etukuri.mv/
tel:+9607331319