
ކ. އަތޮޅުގެ ފަޅަކަށް "އަތަމަނަ"ގެ ނަމުން ނަން ދީފި

ޝަހްޒާ މުޙައްމަދު - 22 ޑިސެމްބަރު 2025 - 08:41
ކާފު އަތޮޅުގައި ހިމެނޭ ފަޅަކަށް ނުވަތަ ފަރަކަށް "އަތަމަނަ"ގެ ނަމުން ނަން ދިނުމަށް ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އެ ކޮމިޓީގެ މިއަހަރުގެ ދެ ވަނަ ބައްދަލުވުމުގައެވެ.
މާލީ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ދިނުމުގެ އުސޫލުގެ ދަށުން ކ. އަތޮޅުގެ ފަރަކަށް މި ނަން ކިޔުމަށް މިހާރު ވަނީ ރަސްމީކޮށް ފާސްކޮށްފައި ކަމަށެވެ.
މިގޮތުން އެތަނުގެ ކޯޑިނޭޓްސްއަށް ބަލާ އިރު އެއީ، އިތުމަތިން 4 ޑިގްރީ، 12 މިނެޓު، 26.177 ސިކުންތު، އަދި އުތުރުން 73 ޑިގްރީ، 30 މިނެޓު، 1.461 ސިކުންތު ގައި އޮތް ފަޅު/ފަރެކެވެ. މި ތަނަށް ދީފައިވާ ފީޗަރ ކޯޑަކީ RF0568 އެވެ.
ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކިޔާނެ ރަސްމީ ނަންތައް ކަނޑައަޅައި، އެ ނަންތައް ތަރުތީބުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖިނާޢީ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: ސީޕީ
ގަޑިއިރެއް ކުރިން

މާލީ ދާއިރާ ތަރައްގީކުރުމުގެ 3 ހަރަކާތެެއް އިފްތިތާހްކޮށްފި
3 ގަޑިއިރު ކުރިން

ވައިބާ ހެކްކޮށްގެން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން

442 ވޭޕް ކާޓްރިޖް ހޯދައި ދެމީހަކު ޖޫރިމަނާކޮށްފި
5 ގަޑިއިރު ކުރިން


