
މާލީ ދާއިރާ ތަރައްގީކުރުމުގެ 3 ހަރަކާތެެއް

ޝަހްޒާ މުޙައްމަދު - 22 ޑިސެމްބަރު 2025 - 08:01
މާލީ ދާއިރާ ތަރައްޤީކުރުމާ ގުޅޭ މުހިންމު ތިން ހަރަކާތެއް އިފްތިތާޙުކޮށްފިއެވެ.
މާލީ ދާއިރާ ތަރައްޤީކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ނޭޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި ނޭޝަނަލް ފައިނޭންސް ރޯޑްމެޕް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ނޭޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީގެ މަޤްސަދަކީ ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްގެ ދަށުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދައިދިނުމަށް އިސްކަންދެވޭނެކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ޕޭމަންޓް މޯލްޑިވްސްވެސް ވަނީ ލޯންޗްކޮށްފައެވެ. ޕޭމަންޓް މޯލްޑިވްސް ލޯންޗްކޮށްދެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
ޕޭމަންޓް މޯލްޑިވްސްގެ މަސައްކަތް ފެށިގެންދާއިރު މައިގަނޑު ޒިންމާއަކަށް ވެގެންދާނީ ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަންސް ހިންގުމާއި، އެ ސިސްޓަމްތައް އިތުރަށް ކުރިއެރުވުމަށް ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދިޔުމެވެ.
ގުޅުން ހުރި ޙަބަރުތައް

ޖިނާޢީ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: ސީޕީ
ގަޑިއިރެއް ކުރިން

ކ. އަތޮޅުގެ ފަޅަކަށް "އަތަމަނަ"ގެ ނަމުން ނަން ދީފި
3 ގަޑިއިރު ކުރިން

ވައިބާ ހެކްކޮށްގެން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން

442 ވޭޕް ކާޓްރިޖް ހޯދައި ދެމީހަކު ޖޫރިމަނާކޮށްފި
5 ގަޑިއިރު ކުރިން


