
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ހިލޭ ގުޅޭ ހޮޓްލައިން "1456" ތައާރަފުކޮށްފި

އާމިނަތު ޝަޒްލާ - 20 ސެޕްޓެމްބަރު 2026 - 06:28
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، ފަސޭހަކަމާއެކު އަވަސް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، "1456" ގެ ނަމުގައި ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިނެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ޚިދުމަތުގެ މައިގަނޑު އަމާޒަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެކަށޭނަ ގޮތެއްގައި، އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމެވެ.
މި ހޮޓްލައިން މެދުވެރިކޮށް ލިބިގެންދާނެ ޚިދުމަތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ، ނަފްސާނީ ކުއްލި އެހީތެރިކަން، ޞިއްޙީ ސްކްރީނިންގ، ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުން އަދި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިމެނެއެވެ.
މި ޚިދުމަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް، "1456" އަށް ގުޅައިގެން މުޅިން ހިލޭ ލިބެމުންދާނެއެވެ.
ރާއްޖޭގައި ނަފްސާނީ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، މުޖުތަމަޢުގެ އެކި ފަންތިތަކަށް، ޚާއްޞަކޮށް ޒުވާނުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމުތައް ސަރުކާރުން އަންނަނީ ހަރުދަނާކުރަމުންނެވެ. މިގޮތުން، 24 ގަޑިއިރު މެދުކެނޑުމެއްނެތި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޤައުމީ ނަފްސާނީ ހެލްޕްލައިން "1677" ގެ ޚިދުމަތް މިހާރުވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އައި.ޖީ.އެމް.އެޗް ގެ ސެންޓަރ ފޯރ މެންޓަލް ހެލްތުގެ އިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލްތަކާއި ސަރަޙައްދީ ހޮސްޕިޓަލްތައް މެދުވެރިކޮށް، އާސަންދައިގެ ދަށުން ނަފްސާނީ ފަރުވާ ފުޅާދާއިރާއެއްގައި ލިބޭނެ މަގު ވަނީ ފަހިކޮށްދެވިފައެވެ.
މި އައު ހޮޓްލައިނަކީ ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ޒުވާނުންނަށް، އެއްވެސް ޖެހިލުމެއްނެތި ސިއްރިއްޔާތުގައި އެހީތެރިކަން ހޯދުމަށް ހުޅުވައިލެވުނު އިތުރު އަދި ވަރަށް މުހިންމު ދޮރެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހ. ސަހަރާ ކައިރިއަށް ކުނި އެޅި މީހުން ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި
2 ގަޑިއިރު ކުރިން

8000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އަދި އެޗްއެސްސީ އިމްތިހާނު ފަށައިފި
3 ގަޑިއިރު ކުރިން

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގެންދަން އުޅުނު 6 ބިދޭސީން މަނީ ލޯންޑްރިންގެ ތުހުމަތު، ބަންދު 10 ދުވަސް!
3 ގަޑިއިރު ކުރިން

އދ. ގެ އާންމު މަޖިލީހުގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ނިއުޔޯކަށް!
3 ގަޑިއިރު ކުރިން


